މުޖުތަމަޢު

» މަންމާއެވެ! އަހަންނަށް މަޢާފް ކުރާށެވެ.......
Monday, January 18, 2010

މަންމާއެވެ! ފެންފޮދެއް ގެނެސްދީބަލާށެވެ. މުޙައްމަދު ބުންޏެވެ. މަންމަ އަވަސް އަވަހަށް ފެންތަށްޓެއް ހިފައިގެންގޮސް ދިއްކޮށްލުމުން ބުންޏެވެ. މަންމާއެވެ! އަހަންނަށް މަޢާފް ކުރާށެވެ. މަންމަ އަތުން ފެންތަށި ދޫވެގެން ވެއްޓިއްޖެއެވެ. މުޙައްމަދުވަނީ މި ދުނިޔެއަށް ޢަލްވަދާޢު ކިޔާފައެވެ. ފެންބޮވައިގެންފައިވާ ޙާލުގައެވެ. މުޙައްމަދުގެ އެދުމަށް މަންމައަށް ޖަވާބުވެސް ނުދެވެނީހެވެ.

» މަގޭ މަގުމަތީ އިންޞާފު
Thursday, December 31, 2009

އަހަންނަށް އަނިޔާ ވެވިއްޖެއެވެ. އަހަރެން މިހުރީ ރުޅި އައިސްފައެވެ. އަހަރެންގެ މުދަލަށް އެމީހުން އަރައިގެންފިއެވެ. އަހަރެންގެ ފޯނު ވަގަށް ޖަހައިގެންފިއެވެ. އަހަރެންގެ ގޭގައި ހުރި އަގު ބޮޑެތި މުދާ ރޭގަނޑުގެ އަނދިރީގައި ވަގަށް ނަގައިފިއެވެ. އަހަރެންގެ އަބުރާ އެމީހުން ބެހެފިއެވެ. އަހަރެން ދެރަވާފަދަ ނަންނަމުން އަހަންނާ މުޚާޠަބު ކޮށްފިއެވެ. އަހަރެންގެ އެކުވެރިންނާއި ގާތްތިމާގެ މީހުން ހިތުގައި ޖެހޭފަދަ ވާހަކަ އެމީހުންނާ ދިމާލަށް ގޮވައިފިއެވެ. އަހަރެންގެ އަބުރާ ބެހެފިއެވެ. އަހަރެންގެ އަންހެން ކޮއްކޮއާ ބެހެފިއެވެ. އަހަރެންގެ މަންމައާ ފޮށެފިއެވެ. ދައްތައަށް މަގުމަތީގައި ހިނގުން ދަތިކޮށްފިއެވެ. އަހަރެން ކައިވެނިކުރަން އުޅޭ އަންހެން ކުއްޖާއަށް މައްލަވަކޮށްފިއެވެ. އަހަރެން މިހިރީ ވަރަށް ރުޅި އައިސްފައެވެ!

» ރާއްޖޭގައި ފާޅުގައި އެހެން ދީންތަކަށް އަޅުކަން ނުކުރެވެނީ ކީއްވެ؟
Tuesday, December 29, 2009

އެއްވެސް ޤައުމަކަށް އެތެރެވާ ބޭރުޤައުމެއްގެ މީހަކަށް އެޤައުމެއްގައި ވޯޓުލުމުގެ ޙައްޤު ލިބިގެން ނުވަނީ އެޤައުމުން ބޭރުމީހުންނަށް އެމީހުންގެ ޤައުމުތަކުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާކަމަށްޓަކައެވެ. ޙަޤީޤަތުގައި ބޭރުމީހަކު ޤައުމަކަށް އެތެރެވާއިރު އޭނާއާއި އެޤައުމުގެ ސަރުކާރާއި ދެމެދު ވަރަށް މުހިއްމު އެގްރީމެންޓެއް ހަދައެވެ. މި އެގްރީމެންޓަކީ އެ ސަރުކާރުންދޭ ވިސާއެވެ. އެހެންކަމުން މި އެއްބަސްވުމަށްފަހު މީގެ ސަބަބުން ލިބިގެންނުވާކަމެއް ހޯދައިގަތުމަށް ދަޢުވާ ކުރުމަކީ އެއްވެސް މީހަކަށް ލިބިގެންވާ ޙައްޤެއް ނޫނެވެ. އަދި އެ ޤައުމެއްގެ ހުރިހާ ޢާއްމު ޤަވާޢިދު ތަކެއްވެސް އޭނާގެ މައްޗަށް ތަންފީޒުވާނެއެވެ. އެހެންކަމުން ވިސާގެ އެއްބަސް ވުމުގެ ކުރިން އެޤައުމަށް އެތެރެވުމާއި ނުވުން އިޚްތިޔާރު ކުރުމުގެ ޙައްޤު ބޭރުމީހާއަށް ލިބިގެންވެއެވެ. އަދި އެ މީހާގެ މައްޗަށް އެޤައުމަށް އެތެރެވުމަށް ބާރުއެޅޭނޭ އެއްވެސް ފަރާތެއްވެސް ނުވެއެވެ.

» 14 ޤަރުނު ކުރީގެ ޤާނޫނުތަކެއް މިޒަމާނުގައި ޤާއިމް ކުރާނީ ކިހިނެއް؟
Friday, December 25, 2009

ބައެއް މުސްލިމުންނާއި ޢައިރު މުސްލިމުން މިއަދު ކުރަމުންދާ ސުވާކލަކީ 14 ޤަރުނު ކުރީގެ ޤާނޫނުތަކެއް މިއަދު އަޅުގަނޑުމެން ޤާއިމްކުރާނީ ކިހިނަކުން ހެއްޔެވެ. އިސްލާމީ ޝަރީޢަތާ ބެހޭގޮތުން ފުރިހަމަ މަޢުލޫމާތު ލިބިފައިނުވާ މީހަކަށް މިފަދަ ސުވާލެއް އުފެދުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް މިފަދަ ސުވާލުތައް އުފެދިފައިވާ މީހުން ހަނދާން ނެތިފައިވާ ކަމެއް ވެއެވެ. އެއީ އިންސާނުންވެސް އެތައް ސަތޭކަ އަހަރުތަކަކަށް ދެމިގެން ގޮސްފައިވާ ޤާނޫން އަސާސީތަކެއް ހަދާފައިވާކަމެވެ. އިންސާނުންނަށް މިފަދަ ކަމެއް ކުރެވުނު އިރު ﷲ ސުބުޙާނަހޫ ވަތަޢާލާ މިއަށްވުރެ ގިނަ ދުވަހަށް ދެމިގެންވާ ޤާނޫންތަކެއް އުފެއްދެވުމަށް ކުޅަދުންވަންތަވެދޮޑިގެން ނުވާންވީ ކީއްވެގެންހެއްޔެވެ؟ އެކަލާނގެއީ ހުރިހާ ތަނަކާއި ހުރިހާވަގުތެއްގައި ހިނގާހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.

» އިޒްރޭލުން ވަރުގަދަ އިތުރު ޤަތުލްއާންމެއް ހިނގާނެކަމުގެ އިންޒާރެއް!
Thursday, December 24, 2009

އިޒްރޭލުގެ މަތިންދާ ބޯޓުތަކުން ގާޒާއަށް އަޅާފައިވާ އެތައް ހާސް ލީފްލެޓްތަކުގައި އިންޒާރުކޮށްފައިވަނީ، 'ފަލަސްތީނުގެ ރައްޔިތުން، ފަލަސްތީނުގެ މުސްލިމް ހަނގުރާމަވެރިންނަށް އެހީތެރިވެ ވާގިވެރިވުމުގެ ބަދަލެއްގެ ގޮތުގައި ގާޒާގެ ރައްޔިތުންނާއި ދެކޮޅަށް މިދިޔަ އަހަރު ދީފައިވާ 22 ދުވަހުގެ ވަރުގަދަ ހަމަލާފަދަ ހަމަލާއެއް ކުރިއަށް އެބައޮތްކަމަށް.' ބުނެ ބިރުދައްކާފައިވެއެވެ. އިޒުރޭލުން ގާޒާގެ ރައްޔިތުންގެ ބޮލަށް އެޅި ކަރުދާސް ތަކުގެ ރައްދެއްގެ ގޮތުގައި ފަލަސްތީނުން ބުނެފައިވަނީ ގަޒާގެ ރައްޔިތުންނާއި ދެކޮޅަށް މިދިޔަ އަހަރު ހިންގި ފަދަ ލާއިންސާނީ އަމަލެއް ތަކުރާރު ނުކުރުމަށާއި އެފަދަ ކަމެއް ތަކުރާރުކޮށްފިނަމަ އިޒްރޭލަށްވެސް އެކަމުގެ ހިތި ރަހަ ދެކެން ޖެހޭނެކަމުގައެވެ.

» ފާއިތުވެދިޔަ ހިޖްރީ އަހަރާއި ޢަލްވަދާޢުކިޔާއިރު
Saturday, December 19, 2009

އެއްވެސް އޮޅުމެއްނެތްގޮތުގައި އަޅުގަނޑުމެންނާޢި އަލްވަދާޢު ކިޔާފައިމިވާ އަހަރަކީ އަޅުގަނޑުމެންގެ ދުނިޔެވީ ޙަޔާތުން އުނިވެގެންދިޔަ އަހަރެކެވެ. އަދި އަޅުގަނޑުމެން އާޚިރަތަށްޓަކައި ކުރަމުންދާ ދަތުރުގައި ކަޑައްތުކުރި އަހަރެއްކަން ކަށަވަރެވެ. އަޅުގަނޑުމެން ދުނިޔެއާއި ދުރުކޮށް އާޚިރަތާއި ގާތްކުރި އަހަރެއްކަން ޔަޤީނެވެ. އިސްލާމީ އުއްމަތުގެ މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވާ ޙަސަނުލް ބަޞަރީ ރަޙިމަހުﷲ ވިދާޅުވެފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ." އޭ އާދަމުގެ ދަރިޔާއެވެ! ހަމަކަށަވަރުން ތިބާއަކީ ދުވަސްތަކެކެވެ.ފަހެ، ދުވަހެއް ފާއިތުވެ ހިގައްޖެނަމަ ތިބާގެ ޙަޔާތުންވެސް ބައެއް އުނިވެ ހިނގައްޖެއެވެ." ކަންމިހެންއޮތުމާއެކު، މިއީ ބުއްދި ސަލާމަތުންހުރި ދެ އިންސާނުން ދެބަސްނުވާނެ ޙަޤީގަތެކެވެ.

» ކަލަންޑަރުގެ ގަނޑުތައް އުކާ ހުސްވީއެވެ.
Friday, December 18, 2009

ފުރިހަމަ އެއް އަހަރު ހަމަވެގެން ދިޔައީއެވެ. އަހަރުގައި ވެވުނުހާ ކިޔަމަންތެރިކަމާއި ކުރެވުނުހާ އަޅުކަމާއި އެކީގައެވެ. އަރައިގަނެވުނުހާ ފާފަތަކާއި ކުރެވުނުހާ ކުށްތަކާއި އެކީގައެވެ. ފުރިހަމަ އަހަރެކެވެ. މުސްލިމުންނަށް އެއަހަރުގައި ލިބުނުހާ ނިކަމެތިކަމާއި ....

» ނަފްސުގެ ހިސާބު ބެލުން
Friday, December 18, 2009

ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުން މި ބިންމަތީގައި ލެއްވުމަށްފަހު އެބައިމީހުންގެ ދުންޔަވީ ޙަޔާތް އެތާނގައި ވޭތު ކުރާނެ ގޮތުގެ ވަރަށް ފުރިހަމަ މިންގަނޑެއް ކަނޑައަޅުއްވައި ، ބާވައިލެއްވި ފޮތްތަކާއި ރަސޫލު ބޭކަލުން މެދުވެރި ކުރައްވައި މުޅި އިންސާނިއްޔަތަށް އެ މިންގަނޑުގައި ހިފެހެއްޓުމަށް ވަނީ ގޮވާލައްވާފައެވެ. އަދި އެ އެންގެވި މިންގަނޑުގައި ހިފަހައްޓައި އެ ޙުދޫދު ތަކުން ބޭރުނުވެ ތިބިނަމަ ނަރަކައިގެ ޢަޛާބުން ސަލާމަތް ކުރައްވައި ސުވަރުގޭގެ މަތިވެރި ...

» ކައިވެންޏަކީ ﷲ ގެ ޤާނޫނު ތަކުގެ ތެރެއިން ޤާނޫނެކެވެ.
Saturday, December 12, 2009

ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ މިދުނިޔެ ހައްދަވައި މިދުނިޔޭގެ ކަންތައް ކުރިއަށް ދާނޭ ޤާނޫނުތައް ކަނޑައަޅުއްވައި ދެއްވާފައެވެ. ދުނިޔެމަތީގައި ﷲ ލައްވާފައިވާ މިފަދަ ޤާނޫނުތަކުގެ ތެރޭގައި؛ ދިރިތިބުމަށް އަޅުގަނޑުމެންނަށް ކާނާ ބޭނުންވުމާއި، ނޭވާލުމަށް ވައި ބޭނުންވުމާއި، ދަނޑުގޮވާމަށް ފެން ބޭނުން ވުމާއި، މިފަދަ ކަންތައް ހިމެނެއެވެ. މިފަދަ ޤާނޫނުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ޤާނޫނަކީ ﷲ ގެ މަޚުލޫޤުންތައް އެއިލާހު ހައްދަވާފައިވަނީ ޖޯޑު ޖޯޑަށެވެ. ދެ ޖިންސުންނެވެ. އަދި މި ޖޯޑުތަކުގެ ދަރީޢާއިން ދަރިފަސްކޮޅު އާލާވަމުން ދެއެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ. ﴿وَمِنْ كُلِّ شَيْءٍ خَلَقْنَا زَوْجَيْنِ لَعَلَّكُمْ تَذَكَّرُونَ﴾ ( الذاريات 49 ) އަދި ކޮންމެ އެއްޗަކުން ތިމަން އިލާހު، (އަންހެން ފިރިހެން) ދޭތި އުފެއްދެވީމެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަ ކުރުމަށްޓަކައެވެ.

» ހަތަރު އަހަރު ވަންދެން މަންމައަށް ޒިޔާރަތް ނުކޮށް ހުރިމީހާ
Thursday, December 10, 2009

ތިބާ ތިބާގެ މަންމައަށް އުރެދިއްޖެއެވެ. މަންމައަށް ހެޔޮކޮށް ނުހިތީމެވެ. އެއިގެ ސަބަބުން ތިބާގެ ވެރިއިލާހަށް ތިބާ އުރެދިއްޖައީމުއެވެ. ތިބާ ﷲ އަށް ބިރުވެތިވާށެވެ! 4 އަހަރު ވަންދެން، މަންމަ ބަލި ހާލުގައި މަންމައަށް ޒިޔާރަތް ނުކޮށް ތިބާ އުޅެފީމުއެވެ. ﷲ ގަންދީ ބުނަމެވެ. މަންމަ ހެޔޮ ޙާލުގައި ވީނަމަވެސް 4 އަހަރު ދުވަސް ވަންދެން ޒިޔާރަތް ނުކޮށް ހުރުން ވެގެންދާނީ ގުޅުން ކަނޑާލުމަކަށެވެ. މަންމައާއި ގުޅުން ކަނޑާލުން ކަމަށެވެ. އަދި މިއީ މައިންބަފައިންނަށް އުރެދުމުގެ އެންމެ ނުބައި އެންމެ ފާފަ ބޮޑު ގޮތްތަކުގެ ތެރެއިން ގޮތަކަށް ވީހެވެ. މިދެންނެވީ މަންމަ ހެޔޮހާލުގައި ހުރި ނަމަވެސް ވެހެވެ. ﷲ ގަންދީ ބުނަމެވެ. ތިބާގެ ތިޔަވަޒީފާގައި އެއްވެސް ހެވެއް ނެތެވެ. ﷲ ގެ ޙަޟްރަތުގައި އެއިލާހު އެއްކައުވަންތަކުރުމަށް ފަހު އެންމެ ލޮބުވެތި ޢަމަލާއި ތިބާއާއި ދެމެދު އެ ވަޒީފާ ހުރަސް އަޅައިފިއެވެ. އެފަދަ ވަޒީފާގައި އެއްވެސް ހެވެއް ނެތެވެ.

ޞަފްޙާ ނަންބަރު:  <<  < 10 11  12 13 14 15 16 17 18 19 20 >  >> 
 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި