މުޖުތަމަޢު

» ޢަފޫ ޢާންމު
Sunday, April 25, 2010

ކޮންމެ ރެއަކުމެ ނިދުމުގެ ކުރީގައި ޢަފޫޢާންމެއް ދިނުމަކީ ހަމަ ކޮންމެ މީހަކު ވެސް ކޮށްލުން އެންމެ އެދެވިގެންވާ ކަމެކެވެ. އެއީ ވޭތުވެގެން ދިޔަ ދުވާލުގައި ދުލުން އެހެންޏާ ގަލަމުން ވިޔަސް ބަދުބަހެއް ނުވަތަ ޣީބައެއް އެހެންޏާ އެނޫންނަމަވެސް އުނދަގުލެއް ދައްޗެއް ދިން ކޮންމެ މީހަކަށެވެ. އޭރުން އެތެރޭގެ މިނިވަންކަން މިލްކުވާނެއެވެ. ނަފުސަށް ހަމަޖެހުން ލިބޭނެއެވެ. ތިމާއަށް ކުރެވުނު ކުށްތަކުގެ މާފު އޯގާވަންތަ ރަސްކަލާނގެ ދެއްވާނެއެވެ. ތިމާއާ މެދު ނުބައިކޮށް ހިތައިފި ކޮންމެ މީހަކަށްމެ ޢަފޫޢާންމު ދިނުމުގެ ގޮތަކީ ވަޙީގެ ބޭސްފިހާރައިން ދުނިޔެއަށް ނިޢުމަތްކުރެއްވި އެންމެ މޮޅު ބޭހެވެ.

» ﷲ ތަޢާލާގެ މަތިން ހަނދުމަ ނުކުރެވޭ މަޖިލިސްތަކުން ރައްކާތެރިވުން
Wednesday, April 21, 2010

މީސްތަކުންނަކީ މަޖިލިސްތަކަށް އެއްވެ އުޅޭބައެކެވެ. އަދި އެމަޖިލިސްތަކުގައި އެބައިމީހުން ތަފާތު ޒާތްޒާތުގެ ވާހަކަ ދައްކާ އުޅެއެވެ. މިފަދަ މަޖިލިސްތަކުގެ ތެރެއިން އެންމެ މާތް މަޖިލިސްތަކަކީ އެމަޖިލީހެއްގައި ﷲ ތަޢާލާ ޛިކުރުކުރެވޭ މަޖިލިސްތަކެވެ. އެމަޖިލީހެއްގައި ﷲ ތަޢަލާ އާއި އެއިލާހުގެ ނަބިއްޔާގެ ނަންފުޅު ޛިކުރުނުކުރެވޭ މަޖިލީސްތަކަކީ އިސްލާމީ ޝަރީޢަތުގައި މަލާމާތް ލިބިގެންވާ މަޖިލިސްތަކެވެ. ފަހެ، ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ވަނީ އެފަދަ މަޖިލިސްތަކުން ރައްކާތެރިވެތިބުމަށް އަންގަވާފައެވެ.

» ޝައްކު އުފެދިފައިވާ މީހާއެވެ. އިސްލާމްދީނަކީ ޙައްޤު ދީނެވެ!
Sunday, April 18, 2010

އިސްލާމްދީނާއިބެހޭ މަޢުލޫމާތު ހޯދާ ކޮންމެ މީހަކަށްވެސް އެންމެފުރަތަމަ އެގެންޖެހެނީ "އިސްލާމް" މި ލަފްޒުގެ މާނައެވެ. މި ދީނަށް "އިސްލާމް" މިނަން ދެވުނީ އެއްވެސް މީހަކަށް ނިސްބަތް ކުރެވިގެންނެއްނޫނެވެ. އެހެންނަމަވެސް ދުނިޔޭގެ އެހެން ދީންތަކަށް އަޅުގަނޑުމެން ބަލާލާއިރު ފެންނަނީ ކޮންމެވެސް މީހެއް ނުވަތަ ތަނެއްގެ ނަމުން ނަންދެވިފައިވާ ދީންތަކެވެ. މިގޮތުން ކްރިސްޓިއަނިޓީ އަށް ކްރިސްޓިއަނިޓީ ކިޔުނީ ޢީސާގެފާނު ނުވަތަ ޖީސަސް ކްރިސްޓް އަށް ނިސްބަތްކޮށެވެ. ބުޑިޒަމް އަށް ނަންދެވިފައިވަނީ ގޯޓަމާ ބުއްދާގެ ކިޔާ މީހެއްގެ ނަމުންނެވެ. މާރކްސިޒަމް އަށް ނަންދެވިފައިވަނީ ކާރލް މާރކްސް ކިޔާ މީހަކަށް ނިސްބަތްކޮށެވެ. އަދި ޖުޑިޒަމް އަށް ނަންދެވިފައި ވަނީ ޖޫދާ އަށް ނިސްބަތްކޮށެވެ. އެހެން ނަމަވެސް އިސްލާމްދީނަކީ މާތް ﷲ ބާވައިލެއްވި ޙައްޤު ދީނެވެ.

» ރުޅީގެ ފަރުވާތަކުގެ ތެރެއިން ...
Friday, April 09, 2010

ޚަލީފާ ހާރޫނުއްރަޝީދުގެ އަރިހުގައި عبدالله بن مسلم بن محارب ދެންނެވިއެވެ. އޭ މުއުމިނުންގެ އަމީރެވެ! ކަލޭގެފާނުގެ އަރިހުގައި އަޅުގަނޑު ނިކަމެތިވެގެން ވާވަރަށްވުރެ ބޮޑަށް ކަލޭގެފާނު އެފަރާތެއްގެ ޙަޟްރަތުގައި ނިކަމެތިވެގެންވާ، އަދި ކަލޭގެފާނަށް އަޅުގަނޑަށް ޢުޤޫބާތް ދެއްވުމަށް ކުޅަދާނަ ވަރަށް ވުރެ ބޮޑަށް ކަލޭގެފާނަށް ޢުޤޫބާތް ދެއްވުމަށް ކުޅަދުންވަންތަވެ ވޮޑިގެންވާ ފަރާތް މެދުވެރިކޮށް، އަޅުގަނޑަށް މާފު ކޮށްދެއްވުމަށް ދަންނަވަމެވެ. އެހިނދު ހާރޫނު އޭނާއަށް މާފު ކުރެއްވިއެވެ.

» އަހަރެންގެ މަންމަ
Friday, April 09, 2010

އަހަންނަކީ ބޮޑު މީހަކީމެވެ. އެހެން ނަމަވެސް އަހަރެންގެ މަންމަގެ ކައިރީގައި އަހަންނަކީ ކުޑަ މީހަކީމެވެ. މުސްކުޅިވެފައިވާ މީހަކީމެވެ. އެހެނަސް އަހަރެންގެ މަންމަގެ ކައިރީގައި އަހަންނަކީ ތުއްތު ކުއްޖަކީމެވެ. އަހަރެންގެ ޙައްޤުގައި، އެއްވެސް ޝަކުވާއެއް ނެތި، އެމީހެއްގެ ލޮލުގެ ކަރުނަތައް އޮއްސައި، އެމީހެއްގެ ހަށިގަނޑުގެ ކިރާއި ލެއި ޤުރުބާން ކުރި ދެވަނަ މީހަކު ނުވެއެވެ. އަހަރެންގެ މަންމަ ފިޔަވައި އެހެން އެންމެން އަހަރެންގެ މަތިން ހަނދާން ނައްތާލިއެވެ.

» ޝަރްޢީ ކޯޓުގައި ކައިވެންޏާއި ވަރި ރަޖިސްޓްރީ ކުރުމުގެ މުހިއްމުކަން
Tuesday, April 06, 2010

މިއީ ޙަޤީޤަތުގައި ވަރަށްބޮޑު އޮޅުވާލުވާލުމެކެވެ. ރަސޫލުﷲޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ދުވަސްވަރު ނެތް ކިތަންމެކަމެއް ދައުލަތް ހިންގުމަށާއި މީސްތަކުންގެ މަޞްލަޙަތަށްޓަކައި ތަރުތީބުކުރެވިފައި އެބަވެއެވެ. މިހުރިހާކަމަކީވެސް، އެކަންކަމުގެ ބިންގާ ރަސޫލުﷲޞައްލަﷲ ޢަލައިހި ވަސައްލަމް އަޅުއްވާ ދެއްވާފައިވާ ކަންކަމެވެ. ޤުރްއާނާއި ސުންނަތުން އެކަމެއްގެ ދަލީލު ފެންނަންނެތަސް އެއީ މަޞްލަޙަތު ހިރި ކަމެއްކަމުގައިވާނަމި އެއީ ކުރަންޖެހޭ ކަމެކެވެ. މިފަދަ ކަންކަމުގައި ޢަމަލުކުރަންވީގޮތް އެކަލޭގެފާނުވަނީ އަންގަވައި ދެއްވާފައެވެ. މިގޮތުން

» އުރެދުމަކަށް އަރައިގަތުމުގެ ކުރިން ...
Saturday, March 20, 2010

ފާފަތަކަކީ މިއަދު އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައެއްގެ ނަޒަރުގައި ވަރަށްވެސް ކުޑަ ކުޑަ ކަމެކެވެ. އެއީ ނޭފަތުގައި ޖައްސާލާ މެއްސެއް ފައްސާލުމަށް ވުރެ ފަސޭހަކަމެއް ކަމުގައި އެބައިމީހުން ދެކެއެވެ. އެހެން ނަމަވެސް އަޅުގަނޑުމެންގެ ކުރީގައި އިސްވެދިޔަ ޞާލިޙު އަޅުން ފާފަތަކާއިމެދު ދެކެވަޑައިގެންނެވީ އެފަދައަކުން ނޫނެވެ. އެހެނެއްކަމަކު އެބޭކަލުން ފާފަތައް ދެކެވަޑައިގެންނެވީ އެބޭކަލުންގެ ބޯތައް މަތީގައި ވާ ބިޔަ ފަރުބަދައެއްގެ ގޮތުގައެވެ. ކޮންމެ ހިނދަކުވެސް އެ ފަރުބަދަ ބޯމައްޗަށް ވެއްޓިދާނެކަމުގެ ބިރުވެރިކަން ހިތުގައި ގަދަވެފައިވިއެވެ. އެހެންކަމުން ތައުބާވެ ﷲ ގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެބޭކަލުން އަވަސްވެ ވަޑައިގެންނެވިއެވެ.

» ސުވަރުގެއަށް އެދުންވެރިވާ މީހުން
Sunday, March 14, 2010

ސުވަރުގެއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވާ އަޅުންނަށްޓަކައި، ދުވަހަކުވެސް ލޮލަކަށް ފެނިފައިނުވާ، ކަންފަތަކަށް އިވިފައިނުވާ އަދި ހިތަކަށްވެސް ނުގެނެވޭފަދަ ފުރިހަމަ ގޮތަކަށް ތައްޔާރު ކުރައްވާފައިވާ ތަނެކެވެ. ހުރިހާ ހިތްހަމަޖެހުމަކާއި ނަފްސު އެދޭ އެންމެހާ ރިވެތި އެދުންތައް އެތަނުން ފުދޭ ގޮތަށެވެ. އެތަނަށް ވަދެއްޖެ މީހަކީ ދުވަހަކުވެސް އެތަނުން ބޭރު ވާނޭ މީހެއް ނޫނެވެ. އެމީހަކު އުފަލާއި ހިތްހަމަޖެހުމުގައި އަބަދުގެ އަބަދަށް އެތާގައި ދެމިހުންނާނެއެވެ.

» ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވިދާޅުވި ކަމަށް އެބުނާ ލަވައިގެ ޙަޤީޤަތަކީ ކޮބާ؟؟؟
Sunday, March 07, 2010

ރަސޫލާގެ ޙަޔާތްޕުޅުގައި ހިނގާފައިވާ ބައެއް ހަނގުރާމަތަކަށް ޢިޝާރާތްކޮށް ރަސޫލާ ލަވަ ވިދާޅުވިކަމަށް އެބުނާ ހުރިހާ "ލަވައެއް" މާނައާއެކު ލިޔުމުގެ އެންމެ ބޮޑު ބޭނުމަކީ ޙަޤީޤަތް ހޯދައި ޙައްޤުގެ މަތީގައި ޘާބިތުވެތިބުމަށް މަސައްކަތްކުރާ އަދި ބާޠިލަކީ ކޮބައިކަން ބަލައި އެއިން ރައްކައުވެތިބުމަށް އެދޭމީހުންނަށް ޝަރީޢާގެ ލިބާހުގައި ޕީއެޗްޑީން އަތްކަން އަޅައިގެން ތިބެ ދައްކާވާހަކަތަކުގެ އަވާގައިޖެހި ގެއްލިގެން ދިޔަނުދިނުމަށެވެ. ލަވަކިޔުމާއި ޤުރްއާން ކިޔެވުމާއި އެއްވަރަކަށް ދެކަން ނުކުރެވޭނެއެވެ. ابن مسعود رضي الله عنه ވިދާޅުވަނީ الغناء ينبت النفاق ލަވަކިޔުމަކީ ނިފާޤު(މުނާފިޤުކަން) އުފައްދާކަމެކެވެ. މިބަސްފުޅާއި ގުޅުވައިގެން إمام ابن القيم ވިދާޅުވަނީ ލަވަކިޔުން އާދަވެފައިވާ މީހާގެ ހިތް މުނާފިޤުވެގެންދާނީ އޭނާއަށް ނުވެސް އެނގިހުރެކަމެވެ. އެހެނީ އެއްހިތެއްގައި ލަވައާއި ޤުރްއާނުގެ ލޯބި އަށަގަތުމަކީ ވާނެކަމެއް ނޫންކަމެވެ. ދޭތިން ކޮންމެވެސް އެކަތިގަދަވެ އަނެއްއެތި ދުރު ނުކޮށް ނުހުންނާނެއެވެ.

» ޢީދުމީލާދު ފާހަގަ ކުރުމުގެ ކުރިން، މިކަންތަކާމެދު ވިސްނާލާށެވެ!!!
Monday, February 22, 2010

މިއަދު އަޅުގަނޑު ތިޔަބޭފުޅުންނަށް ހުށައަޅާނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޢީދުމީލާދު ފާހަގަކުރުމާ ބެހެގޮތުން ދެ ރަޙްމަތްތެރިއެއްގެ ދެމެދުގާ ދެކެވުނު ވާހަކަތަކެއް. އަޅުގަނޑުގެ އުއްމީދަކީ މި ވާހަކަތަކުން ތިޔަބޭފުޅުންނަށް ޢިބްރަތެއް ޙާޞިލްވުން.

ޞަފްޙާ ނަންބަރު:  <<  < 10  11 12 13 14 15 16 17 18 19 20 >  >> 
 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި