 ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. ހަމަކަށަވަރުން ބައްޕަގެ ޙައްޤު އަދާކުރިތޯ ދަރިއާއި ސުވާލުކުރެއްވުމުގެ ކުރިން ދަރީގެ ޙައްޤު އަދާކުރިތޯ ބައްޕައާއި، ﷲތަޢާލާ ސުވާލުކުރައްވާނެއެވެ. ފަހެ ބައްޕައަށްޓަކައި ދަރިފުޅު އަދާކުރަންޖެހޭ ޙައްޤުތަކެއް ވާފަދައިން ބައްޕަވެސް ދަރިފުޅަށްޓަކައި އަދާކުރަންޖެހޭ ޙައްޤުތަކެއް ވެއެވެ.
ﷲތަޢާލާ ((وَوَصَّيْنَا الإنْسَانَ بِوَالِدَيْهِ حُسْنًا)) (العنكبوت 8) އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންއިލާހު وصية ކުރައްވައި، أمر ކުރެއްވީމެވެ. މިފަދައިން ވަޙީ ކުރައްވާފައިވާ ފަދައިން، ((قُوا أَنْفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ)) (التحريم 6) ތިޔަބައިމީހުންގެ އަމިއްލަ نفس ތަކާއި، ތިޔަބައިމީހުންގެ أهل ވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. މިފަދައިންވެސް ވަޙީކުރައްވާފައިވެއެވެ. |