ދީނީ ލިޔުން

» މަރުވުމަށްފަހު ދެން އޮތީ ކަށްވަޅު...
Monday, December 12, 2011

ތިމާގެ އަމިއްލައަތުން ކައްވަޅަށްލީ މައްޔިތުންގެ ޙާލަކީ ކޮބައިތޯއެވެ؟ އެ ލޮބުވެތި އަޚުންނާއި އުޚްތުންގެ ޙާލާ މެދު ވިސްނާލިންތޯއެވެ؟ އެބަމީހުންނާ ސުވާލުކުރެވި ޖަވާބުދާރީ ކުރެވޭނެކަން ހަނދާންކުރެވޭތޯ؟ އެމީހުންގެ ފަހަތުން ދާންޖެހޭކަން ހަނދާން އެބަކުރަންތޯއެވެ؟ ކައްވަޅުގައި ތިބާ ހޭދަކުރާ ފުރަތަމަ ރެއަށް ތައްޔާރުކުރީ ކޮންކަމެއްތޯއެވެ؟ ޢިލްމުވެރިން މިކަމާހެދި ރޮއެ، ބުއްދިވެރިން އެވަގުތާހުރެ ޝަކުވާކޮށް، ތަޤުވާވެރި ސާލިހުން އެވަގުތާހުރެ ބިރުން ފިއްކަނޑައިގެން ދާކަން އަޅުގަނޑުމެންނަށް ވަންހަނާ ވެފައިވަނީތޯއެވެ؟

» އިސްލާމް ދީނާއި އިންސާނީ ޙައްޤުތައް (25 ނޮވެމްބަރ 2011 ދުވަހު އިސްލާމީ މަރުކަޒުގައި ޑރ. ޢަބްދުލްމަޖީދު ވިދާޅުވި ޚުޠުބާ)
Friday, November 25, 2011

އާދެ! ފުރިހަމަ މިނިވަންކަމެއް ލިބިގެންވާ މިނިވަން މުސްތަޤިއްލު އަމިއްލަ ސިޔާދަތެއް އޮންނަ ދައުލަތަކަށް އެދައުލަތެއްގެ އާދަކާދައާއި ޘަޤާފަތާއި ދީނާއި އެބަޔަކު ޢަމަލުކުރުމަށް ބޭނުންވާ ގޮތެއްގެ މަތިން ޤާނޫނުތައް ހިންގުމުގެ މިނިވަންކަން ލިބިގެންވާއިރު، ދިވެހިން 800 އެތައް އަހަރަކުއްސުރެ އުޅެމުން އަންނަ އިސްލާމް ދީނުގެ އުޞޫލުތަކުގައި ހިފަހައްޓައިގެން ތިބުމަށް ހުރަސްއެޅައި، އެކަން ބަދަލުކުރުމަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ޙައްޤެއް ބައިނަލްއަޤްވީމީ އެއްވެސް މުވައްސަސައަކަށް ނުވަތަ އެއްވެސް ޤައުމަކަށް ވެސް ލިބިގެނެއް ނުވޭ.

» ކީރިތި ޤުރްއާނުގެ ސަބަބުން ބައެއް މީހުން މަތިވެރި ކުރައްވައެވެ. އަދި ހަމަ އެފޮތުގެ ސަބަބުން ބައެއް މީހުން ނިކަމެތި ކުރައްވައެވެ.
Tuesday, November 22, 2011

އެހިނދު ޢުމަރު رضي اللَّـه عنه ވިދާޅުވިއެވެ. ފަހެ ތިޔަބައިމީހުންގެ ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. " إِنَّ اللَّهَ يَرْفَعُ بِهَذَا الْكِتَابِ أَقْوَامًا ، وَيَضَعُ بِهِ آخَرِينَ " (رواه مسلم) މާނައީ: ހަމަކަށަވަރުން މިފޮތުގެ ސަބަބުން (އެބަހީ: ކީރިތި ޤުރްއާނަށް ޢަމަލުކުރުމުގެ ސަބަބުން) ބައެއް ޤައުމުތައް ﷲ މަތިވެރި ކުރައްވަތެވެ. އަދި ހަމަ އެފޮތުގެ ސަބަބުން (އެބަހީ: ކީރިތި ޤުރްއާނަށް ޢަމަލު ނުކުރުމުގެ ސަބަބުން) އެއިލާހު ބައެއް ޤައުމުތައް ނިކަމެތި ކުރައްވައެވެ.

» ޚަލީލްއާއި ޛަބީޙްގެ އުފާވެރި ހަނދާން
Tuesday, November 08, 2011

އިބްރާހީމްގެފާނު ކަޢުބާ ބިނާކޮށް ނިންމެވުމުން، މީސްތަކުންނަށް ޙައްޖަށް އައުމަށް ގޮވާލެއްވުމަށް މާތް ﷲ އެކަލޭގެފާނަށް އަމުރުކުރެއްވިއެވެ. މިއަމުރުފުޅާމެދު އެކަލޭގެފާނުގެ ހިތްޕުޅުގައި ސުވާލު އުފެދުނެވެ. އެކަލޭގެފާނު ދެންނެވިއެވެ. "ޔާ ﷲ އެވެ. މިއަޅާގެ އަޑު އެހުރިހާ އެންމެންނަށް ފޯރާނީ ކިހިނަކުންތޯއެވެ؟" އެހިނދު މާތް ﷲ އެކަލޭގެފާނަށް އެންގެވީ އެކަލޭގެފާނުގެ ވާޖިބަކީ މީސްތަކުންނަށް ޙައްޖަށް އައުމަށް ގޮވާލެއްވުން ކަމަށެވެ. އެގޮވާލެއްވުން އެންމެހާ މީސްތަކުންނަށް ފޯރުކޮއްދެއްވުމަކީ އެކަލާނގެ މަސްއޫލިއްޔަތެއް ކަމަށެވެ.

» ޒަކާތް 1 - ޒަކާތުގެ ފަރުދީ ފައިދާއާއި އިޖުތިމާޢީ ފައިދާ
Wednesday, October 12, 2011

ޒަކާތަކީ އިސްލާމްކަމުގެ 3 ވަނަ ރުކުނެވެ. ޒަކާތާ ނުލައި އަޅާގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ. ކީރިތި ޤުރުއާނުގެ ވަރަށް ގިނަ އާޔަތްތަކުގައި ޒަކާތުގެ ވާހަކަ ބަޔާންކުރެވިފައިވެއެވެ. ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ. فَإِن تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَإِخْوَانُكُمْ فِي الدِّينِ ۗ وَنُفَصِّلُ الْآيَاتِ لِقَوْمٍ يَعْلَمُونَ ﴿١١﴾ މާނައަކީ؛ "ފަހެ، އެއުރެން توبة ވެ، ނަމާދު قائم ކޮށް، زكاة ދީފިނަމަ، ފަހެ، އެއުރެންނަކީ، دين ގައި ތިޔަބައިމީހުންގެ أخ ންނެވެ. އެނގޭބަޔަކަށް ތިމަންރަސްކަލާނގެ آية ތައް تفصيل ކޮށްދެއްވަމެވެ." ވިސްނާ ފިކުރުކުރާބަޔަކަށް ޢިބުރަތުން ފުރިގެންވާ އާޔަތެކެވެ.

» ހޭދަކުރުމުގެ ފައިދާ
Tuesday, October 11, 2011

ކީރިތިރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވަނީ: (مَا نَقَصَتْ صَدَقَةٌ مِنْ مَالٍ) أخرجه مسلم. މާނައީ: "ޞަދަޤާތުގެ ސަބަބުން މުދަލުން އެއްވެސް އެއްޗެއް އުނިވެގެން ނުދެއެވެ."

» ސުވަރުގޭގެ އެންމެ މަތިވެރި ނިޢުމަތް
Wednesday, September 28, 2011

ޞަޙީޙުލް ޖާމިޢުގައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. ﷲގެ ޙަޟްރަތުން ސުވަރުގެ ދެއްވުން އެދި މީހަކު 3 ފަހަރު ދަންނަވައިފިނަމަ، ސުވަރުގެ ދަންނަވާނެއެވެ. اللَّهُمَّ أَدْخِلْهُ الجَنَّة އޭ ހައްދަވައި ގެންގުޅުއްވާ އިލާހެވެ. އޭނާ ސުވަރުގެ ވައްދަވާނދޭވެ. ﷲތަޢާލާ އެކަމުގެ ހެޔޮ ތައުފީޤް އަޅުގަނޑަށާއި ތިޔަ އެންމެ ބޭފުޅުންނަށް ދެއްވާށިއެވެ. އަދި އަޅުގަނޑުމެންނަށް ކުރެވޭ ކުދި ކުށްތަކުގެ ސަބަބުން، އަޅަމެންނަށް އެއިލާހުގެ ޛާތުފުޅު ފެނުމުން މަޙުރޫމް ނުކުރައްވަޥާށިއެވެ.

» ފަތިސްނަމާދުގެ މުހިއްމުކަން
Saturday, September 24, 2011

އަޅުގަނޑުމެން ފަތިސްނަމާދު ނުކޮށް ނިދުމުގެ ސަބަބުން ހެޔޮކަމުގެ ކިތައް ޘަވާބުތޯ ނަގާލެވެނީ؟ ނުވަތަ ކަންނެތްކަމާއި ކުޅިވަރުގެ މަޖަލުގައިތިބެ ފަތިސްނަމާދު އަޅައި ކިތައް އަޖުރުންތޯ މަޙުރޫމުވަނީ؟ ނިކަން ވިސްނަވާބައްލަވާ! އަޅުގަނޑުމެންގެ ނިދި ދޫކޮށްލުމަށްފަހު ފަތިސްނަމާދުގެ ބަންގިއަށް ހޭލައި މުއުމިނުތަކުންނާއެކު ފަތިސްނަމާދުގެ ޖަމާޢަތުގައި ބައިވެރި ވުމުގެ މަތިވެރިކަމާއެވެ!

» ބިންމަތީގައި ހިނގާ ހާދިސާތަކުގެ މައްޗަށް ފަލަކީ އަޙުވާލުން އިސްތިދުލާލު ކުރުމާ ބެހޭގޮތުން އައިސްފައިވާ ވާހަކަތައް ނަންގަތް ބާބު
Sunday, September 18, 2011

މާނައީ: "الله تعالى ތަރިތައް ހައްދަވާފައިވަނީ ތިން މަޤުޞަދަކަށްޓަކައެވެ. އުޑު ޒީނަތްތެރި ކުރެއްވުމަށާއި، ޝައިޠާނުން ރަޖަމުކުރެއްވުމަށާއި، (އެއްގަމުގަޔާއި، ކަނޑުގައި ދަތުރުކުރާ މީހުން) މަގު ހޯދާ ޢަލާމާތްތަކެއްގެ ގޮތުގައެވެ. ފަހެ، މިތިން މަޤްޞަދުފިޔަވާ އެތަރިތަކާ މެދު އެހެން ގޮތަކަށް ތައުވީލު ކޮށްފި މީހާ ކުށްކޮށްފިއެވެ. އަދި (ހުރިހާ ހެއުކަމަކުން) އޭނާގެ ޙިއްސާ އޭނާ ބަރުބާދު ކޮށްލައިފިއެވެ. އަދި އޭނާއަށް އެކަމުގައި އެއްވެސް ޢިލްމެއް ނުވާކަމެއްގެ ތަކުލީފު ލިބިގެން ފިއެވެ." اهـ.

» މިއުޒިކާ އެކު ލަވަ ކިޔާ ލޮބުވެތި އުޚްތުންނާއި އަޚުންނަށް...
Saturday, September 17, 2011

މީހުންގެ ފަރާތުން ދިމާވެދާނެ މަލާމާތަށާއި ނުރުހުމަށް ވުރެން ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި އެކަލާނގެ ސުވަރުގެއަށް ދަހިވެތިވެ އެކަލާނގެ އެ ނިޢްމަތްތައް ލިބިގަތުމަށް މަސައްކަތް ކުރަމާ ހިނގާށެވެ. ނިމުމެއް ނުވާ ޙަޔާތުގައި ތާ އަބަދު އެކަލާގެ ނިއުމަތުގައި، ތިބުމަށް މަސައްކަތް ކުރަމާ ހިނގާށެވެ. އެކަނލާގެ އަޒާބަށް ބިރުވެތިވުން އެއީ ބުއްދިވެރިންގެ ސިފައެކެވެ.

ޞަފްޙާ ނަންބަރު:  < 1 2 3  4 5 6 7 8 9 10 >  >> 
 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި