ދީނީ ލިޔުން

» ފަސްމިލިޔަން ރުފިޔާ ދޭންވާނެ، ހުރިހާ ނިޢުމަތެއް ލިބެންވާނެ، އެހެނަސް....
Wednesday, December 17, 2008

މި ވަޒީފާއާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ، ވަރަށް އުފާވެއްޖެ، މިހާ މުސާރަ ރަނގަޅު ވަޒީފާއެއް ލިބުނީތީ، އެކަމަކު ވެސް މި ވަޒީފާގައި ކުރަން ޖެހޭ އެއްވެސް ކަމެއް އަހަންނަކަށް ނުއެއް ކުރެވޭނެ، އަދި އެއްވެސް ބައްދަލުވުމަކަށް ވެސް މަށަކަށް ހާޒިރެއް ނުވެވޭނެ، އެހެން ނަމަވެސް ތިޔަ ވަޒީފާގެ މުސާރައަށްވާ ފަސް މިލިޔަން ރުފިޔާ ކޮންމެ މަހަކު ވެސް ބަރާބަރަށް މަށަށް ދޭންވާނެ]

» ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ މާތްކަން
Sunday, November 30, 2008

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ހަމަ ކަށަވަރުން ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ ޙުރުމަތްތެރިވެގެންވާ މައްސަރުތަކެވެ. އަދި ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިވެގެންވާ މަހަކީ ޛުލްޙިއްޖާ މަހެވެ. އަދި އެމަހުގެ ދުވަސްތަކުގެ ތެރެއިން އެއިލާހުގެ ޙަޟްރަތަށް އެންމެ ލޮބުވެތިކަން އެންމެ ބޮޑު ދުވަސްތަކަކީ އެމަހުގެ ފުރަތަމަ ދިހައެކެވެ.

» ޚުލަފާއުއްރާޝިދީން - އަބޫބަކުރު، ޢުމަރު، ޢުޘްމާނު، ޢަލީ (ރަޟިޔަﷲ ޢަންހުމް) ގެ ޢަމަލަކީ ސުންނަތެކެވެ.
Wednesday, November 12, 2008

ފަހެ ހަމަކަށަވަރުން، ތިޔަބައިމީހުންކުރެ، ތިމަންކަލޭގެފާނަށްފަހުގައި، ދިރިހުރެއްޖެމީހާ ދަންނައެވެ. ފަހެ އޭނާއަށް ގިނަ އިޚްތިލާފުވުންތަކެއް ފެންނާނެއެވެ. (އެހިނދު) ތިޔަބައިމީހުންގެ މައްޗަށް ވަނީ ތިމަންކަލޭގެފާނުގެ ސުންނަތާއި ތިމަންކަލޭގެފާނަށްފަހުގައި، ހިދާޔަތް ލިބިވަޑައިގެން ތިއްބެވި ޚުލަފާއުއްރާޝިދީންގެ ސުންނަތުގައި ހިފެހެއްޓުމެވެ."

» ފަރުޟު ނަމާދުތަކުގެ ފަހުގައި ކިޔުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ދަސްކޮށްދެއްވާފައިވާ ޛިކުރުތައް
Monday, November 03, 2008

މި ޛިކުރުތައް ދަސްކޮށް، ކޮންމެ ނަމާދެއްގެ ފަހުގައި މި ޛިކުރުތައް ކުރުން މަތީ ދެމިހުރުމަށް ނަސޭހަތްތެރިވެ ވަޞިއްޔަތް ކުރަމެވެ.

» ނަމާދުގައި ޚުޝޫޢަތްތެރިވުމުގެ (ބިރުވެތިވުމުގެ) މުހިއްމު ކަމަކީ ކޮބާ؟ އަދި ނަމާދުގައި ޚުޝޫޢަތްތެރި ވާނީ ކިހިނެތް؟
Saturday, October 18, 2008

ނަމާދަށް ހާޒިރުވެ ހުންނަމީހާ އަބަދުވެސް ތިމާ މިހުއްޓި ހުރީ ﷲ ގެ ޙަޟުރަތުގައިކަން ހަނދާން ބަހައްޓަން ވާނެއެވެ. މިހެނީ ތިމާގެ ހިތުގައި ވާހާކަމެއް ﷲ ދެނެވޮޑިގެން ވާކަންވެސް ހަނދާން ނައްތާލައިގެން ނުވާނެއެވެ.

» ކީރިތި ޤުރުއާން
Friday, October 17, 2008

ކީރިތި ޤުރުއާނަކީ މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ޖިބްރީލްގެފާނު މެދުވެރި ކުރައްވަވާ رسول الله صلى الله عليه وسلم އަށް ޢަރަބިބަހުން ބާވައިލެއްވުނު ﷲ سبحانه وتعالى ކަލާމް ފުޅެވެ. އެއީ އެންމެ ފަހުން ބާވައިލެއްވުނު ފޮތެވެ. އެފޮތް ބާވައިލެއްވުމުން އޭގެ ކުރީގެ ހުރިހާ ފޮތްތައް މަންސޫޚް ވެއްޖެއެވެ.

» ޝަރުޢީ ނަޒަރަކުން އަންހެނުންގެ ރީތީގެ މުބާރާތް
Friday, October 17, 2008

ރީތީގެ މުބާރާތުގެ ސަބަބުން ﷲ އަށް އީމާންވެގެންތިބި ދިވެހި ލޮބޮވެތި އެތައް އަންހެން ދަރީންނެއްގެ ޙުރްމަތް ކެނޑިގެންދާނެއެވެ. އެކުދީންގެ އަބުރާއި ޢިއްޒަތް ގެއްލިގެންދާނެއެވެ. އެކުދިންގެ ނާޒުގެ ހަށިގަނޑާއި ރީތި ސޫރަތަކުން އިންސާނުންގެ ތެރެއިންވާ ޝައިޠާނުން ހިންހަމަޖެހުން ހޯދާނެއެވެ. މިފަދަކަމެއް ކުރުމަކީ ސުނާމީގެ މުޞީބާތަށްފަހު ﷲ އަށް ގޮންޖެހުންފަދަ ކަމެކެވެ.

» ނަމާދުގެ މާތްކަމާއި އެއިން ލިބޭ ފައިދާ
Friday, October 17, 2008

މަސްތުވާތަކެތި ބޭނުންކުރުމާއި ވައްކަންކުރުމާއިޚިޔާނާތްތެރި ވުމާއި ރިޝްވަތު ކެއުމާއި ރިޝްވަތު ދިނުމާއި މީހުންނަށް އަނިޔާކުރުމާއި މީހުންގެ ޙައްޤުތަކަށް އަރައިގަތުމާއި ކަންކަމުގައި ޢަދުލުވެރި ނުވުމާއި މިފަދަ ބޮޑެތި ޖަރީމާތަށް ކުރުމުގެ އެންމެ އިސް ސަބަބަކީ ނަމާދު ނުކުރެމެވެ. އަޅާއާއި އޭނާގެ ވެރި ﷲ އާއި މެދު އޮންނަންވީ ރޫޙާނީ ގުޅުން ބަދަހިކޮށް ދަމަހައްޓަންވީ ގޮތައް ނުބެހެއްޓުމެވެ.

» ކަލަކު ކަމުގައި ދަޢުވާކުރި ޖައްބާރު
Friday, October 17, 2008

ފިރްޢައުނުގެ ވާހަކަ އަކީ ވަރަށް ގިނަ މީހުން ދަންނަ ވާހަކައެކެވެ. ނަމަވެސް އެވާހަކައިން ޢިބްރަތް ލިބިގަންނަނީ ވަރަށް މަދުބައެކެވެ. ކީރިތި ޤުރްއާނުގައި ފިރްޢައުނު ގެ ވާހަކަ ވަރަށް ގިނައިން އައިސްފައި ވެއެވެ، އޭގައި ވަރަށް ބޮޑު ޙިކްމަތެއްވާނެ ކަން ޔަޤީނެވެ. ވަކިން ޚާއްޞާކޮށް ފިރްޢައުނުގެ ވާހަކައިގައި ﷲ އެބައިމީހުންނަށް ވެރިކަން ދެއްވި މީހުންނަށް ވަރަށް ވެސް ގިނަ ގުނަ ޢިބްރަތްތަކެއް ވެއެވެ

» سماحة الشيخ عبد العزيز بن عبد الله بن باز - رحمه الله ގެ ފަތުވާ: ލަވަ އާއި މިއުޒިކުގެ ޙުކުމް
Friday, October 17, 2008

އޭ ލަވަ އާއި މިއުޒިކުގެ ޣާފިލުކަމުގެ ދުނިޔޭގައި ޣަރަޤުވެގެންތިބި ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ﷲ ގެ ޙަޟުރަތުން ގަދަފަދަ ވެގެންވާ ކޯފާއެއް އައުމުގެ ކުރީގައި ތައުބާވާށެވެ! އޭ ލަވަ ކިޔައި އެއީ ޙަލާލް އެއްޗެއްކަމުގެ ދޮގު ފަތުވާ ދީ، މީސްތަކުން ޣާފިލު ކުރުވާ މީހުންނޭވެ! ﷲގެ މި ވަޙީ ބަސްފުޅު ހަނދާން ކުރާށެވެ!

ޞަފްޙާ ނަންބަރު:  <<  < 10 11 12  13 14 > 
 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި