ދީނީ ލިޔުން

» ސުވަރުގެއަށް އެދުންވެރިވާ މީހުން
Monday, December 28, 2009

އެސުވަރުގޭގެ ބިން ތައްޔާރުވެވިގެންވަނީ ގޮމަކަސްތޫރިންނެވެ. އެތާނގެ ފަންގިފިލާ އަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޢަރުޝިކޮޅެވެ. އެތާނގެ ބިމުގައިވާ ވެލިފުއްތަށް ހެދިފައިވަނީ މުތާއި ޖައުހަރުންނެވެ. އެތަން ބިނާވެގެންވަނީ ރަނާއި ރިހިންނެވެ. ސުވަރުގޭގައި ސަތޭކަ ދަރަޖަ ވެއެވެ. ކޮންމެ ދެ ދަރަޖައެއްގެ ދެމެދުގައި އުޑާއި ބިމާއި ދެމެދުގައިވާ ދުރުމިންވެއެވެ. އެންމެ މަތީ ދަރަޖައަކީ ފިރުދައުސެވެ. އެތަނުން، ސުވަރުގޭގެ ކޯރުތައް ދެމިގެންވެއެވެ. ސުވަރުގޭގައި ހަތަރު ވައްތަރެއްގެ ކޯރުތައްވެއެވެ. އެއީ، ރަހައަށް ބަދަލެއް ނާންނަ ފެންކޯރުތަކާއި، ރަހައަށް ބަދަލެއް ނާންނަ ކިރުގެ ކޯރުތަކާއި، ބޯމީހުންނަށް ލައްޛަތު ލިއްބައިދޭ މަސްތުވުމެއްނެތް ރަލުގެ ކޯރުތަކާއި، ސާފު މާމުއިގެ ކޯރުތަކެވެ.

» އުފާވެރި، ހިތްހަމަޖެހޭ، ބާއްޖަވެރި ދިރިއުޅުމެއް ލިބޭނީ ކިހިނެއް؟
Thursday, December 24, 2009

ޙަޤީޤަތަކީ ހަމައެކަނި މިކަންކަމުން ބާއްޖަވެރިކަމުގެ އައްސޭރިއާ ހަމައަށް ވާޞިލްނުވެވޭނޭ ކަމެވެ. ދިމާވާ ގޮތަކުން މުދަލުގެ ވެރިޔާގެ މުދާ ގެއްލި ބަނގުރޫޓު ވެދާނެއެވެ. އަދި ދިމާވާ ގޮތަކުން ޖާހާއި މަންސަބާއި މަޤާމުގެ އަހުލުވެރިންގެ ޤަދަރު ވެއްޓިދާނެއެވެ. މުދަލާއި ފައިސާގެ ތަނަވަސްކަމަކީ މާތް ﷲ އިރާދަކުރައްވާ އަޅަކަށް އެއިލާހު އޭނާ އިމްތިޙާން ކުރެއްވުމަށްޓަކައި ދެއްވާ އިމްތިޙާނެކެވެ. އެ އިމްތިޙާނުން ފާސްވުމަށްޓަކައި މުދާ ހޭދަކުރާންވީ ކިހިނެއްކަން އެއިލާހު ވަނީ ބަޔާންކޮށްދެއްވާ ފައެވެ. އެހެންކަމުން މުދަލާއި، ފައިސާއާއި މަޤާމާއި ޖާހާއި މަންސަބުގެ ސަބަބުން ﷲ ސުބުހާނަހޫ ވަތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމަށް ހުރަސް އެޅޭނަމަ އެއީ އެމީހަކަށް ހުރި ހަލާކާއި ގެއްލުމަކަށެވެ. މަގުފުރެދުމެކެވެ.

» ޒަމްޒަމް ...
Wednesday, December 16, 2009

ފަހެ ޒަމްޒަމް ފެނަކީ އެފެނެއްގައި ﷲ ގެ ވަރަށް ގިނަ ޙިކުމަތްތަކެއް އެކުލެވިގެންވާ ބަރަކާތްތެރި ފެނެކެވެ. މިފެނަކީ މިއީ ﷲ އެކަލާނގެ ނަބިއްޔާ އިބްރާހިމް ޢަލައިހިއްސަލާމް އާއި އެކަލޭގެފާނުގެ އަނބިކަނަބަލުންން ހާޖަރު އަށާއި ދަރިކަލުންނަށް މިންވަރު ކުރެއްވި މަތިވެރި ނިޢުމަތެކެވެ. ކެއުމަށްޓަކައި ކާނެއެއްވެސް އެއްޗެއްނުވާ ބުއިމަށްޓަކައި ފެނުގެ އެއްވެސް އަސަރެއްނުވާ މައްކާގެ ގެފުޅު އެވާ މާތް ވާދީގައި މިންވަރު ކުރެއްވުނު މި ފެނުގެ މަތިވެރި ނިޢުމަތުގެ ވެރި ﷲ ގެ ކުޅަދުންވަންތަކަމާއެވެ.

» ފަތިސް ނަމާދު ކުރުމުގައި ދެމިތިބޭ މީހުން
Wednesday, December 16, 2009

އެއީ ކާމިޔާބު ލިބިގެންވާ ބައެކެވެ. އެއީ މޫނުތައް އަލިވެގެންވާ ބައެކެވެ. އެމީހުންގެ ނިތްކުރިތަކުގެ ވިދުން ގަދަ ވެގެންވާ ބައެކެވެ. އެއީ އެމީހުންގެ ވަގުތު ތަކުގައި ބަރަކާތް ލެއްވިގެންވާ ބައެކެވެ. ތިބާއަކީ އެމީހުންގެ ތެރެއިންވާ މީހެއް ނަމަ، އެމަތިވެރި ނިޢުމަތަށް، ﷲއަށް ޙަމްދު ކުރާށެވެ. އަދި ތިބާއަކީ އެމީހުންގެ ތެރެއިންވާ މީހެއް ނޫންނަމަ، ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާ އެމީހުންގެ ތެރެއިން ލެއްވުމެވެ. އެއީ ކޮންބައެއްކަން ތިބާއަށް އެނގޭހެއްޔެވެ؟

» ފިޠުރަތަށް ރައްކާތެރިވުމާއި އެކަމުގައި ފަރުވާކުޑަ ނުކުރުން
Monday, December 14, 2009

ކޮންމެ ދަރިއަކުވެސް އުފަންވަނީ ފިޠުރަތުގެ ސާފުކަންމަތީގައެވެ. އެދަރިފުޅު ޔަހޫދީއަކަށް ނުވަތަ ނަޞާރާއަކަށް ނުވަތަ މަޖޫސީއަކަށް ހެދިޔަސް ހަދަނީ އޭނަގެ މައިންބާފައިންނެވެ. ނަޢަމްސޫފިތަށް ދުނިޔެއަށް އަންނައިރު އައިބެއް ނެތި އަންނަ ފަދައިންނެވެ. ފަހެ ތިޔަބއިމީހުންނަށް އޭގެ އެއްވެސް ގުނަވަނެއްގައި އައިބެއް ފާހަގަ ކުރެވޭހެއްޔެވެ. ދެން އަބޫހުރިއިރާ ރަޟިޔަﷲ ޢަންހު އަންނަނިވި އާޔަތް ކިޔަވާ ވިދާޅުވިއެވެ. فِطْرَةَ اللهِ الَّتِيْ فَطَرَ النَّاسَ عَلَيْهَا لاَ تَبْدِيْلَ لِخَلْقِ اللهَ ذَلِكَ الدِّيْنُ الْقَيِّمُ. އެއީ މާތް ﷲ މީސްތަކުން އެކަމުގެ މައްޗަށް ޚަލްޤުކުރެއްވި ފިޠުރަތެވެ. މާތް ﷲ ޚަލްޤުކުރެއްވި ގޮތަށް ބަދަލެއް ނާންނާނެތެވެ. އެއީ ، (އެދީނަށް ޤާއިމުވުމަށް އަމުރުކުރެއްވި) ޙައްޤުދީނެވެ.

» ޔަހޫދީން ގެއްލެނިކުރެއްވި ސަބަބުތައް
Monday, December 07, 2009

ޔަހޫދީންނަށް ޙަލާލުކުރެއްވިފައިވާ ރަނގަޅު އެއްޗެހިތަކެއް ، އެބައިމީހުންނަށް ތިމަން ﷲ ޙަރާމްކުރެއްވީ ، އެބައިމީހުން އަނިޔާވެރިވެ ނުބައިކަންތައް ކުރުމުގެ ސަބަބުންނެވެ . އަދި އެބައިމީހުން ﷲގެ ދީނަށް ހުރަސްއަޅައި އެދީންފެތުރުމުގެ ދޮރުތަށް ބަންދުކުރުމުގެ ސަބަބުންނެވެ. އަދި އެބައިމީހުންނަށް އޭގައި ހިފުން ނަހީކުރެވުނު ރިބާގައި ހިފިކަމުގެ ސަބަބުންނެވެ. އަދި މީސްތަކުގެ މުދާތައް ، ބާޠީލުގޮތުގައި ކެއުމުގެ ސަބަބުންނެވެ. އެބައިމީހުންގެތެރެއިން ކާފިރުންނަށްޓަކައި ، ވޭންދެނިވި އަޒާބު ތިމަން ﷲ ތައްޔާރުކުރެއްވީމެވެ.

» ކަމެއް ނަހީ ކުރައްވައިފިނަމަ އެކަމަކުން ދުރުހެލިވެގަންނާށެވެ. އަދި ކަމަކަށް އަމުރު ކުރައްވައިފިނަމަ ކުޅަދާނަކަން ލިބިގެންވާ މިންވަރަކުން އެކަމެއް ކުރާށެވެ.
Wednesday, October 21, 2009

އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑު އެއްސެވީމެވެ. (( مَا نَهَيْتُكُمْ عَنْهُ فَاجْتَنِبُوهُ، وَمَا أَمَرْتُكُمْ بِهِ فَأْتُوا مِنْهُ مَاسْتَطَعْتُمْ. )) رواه البخاري (6777) ومسلم (1337) ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ކަމެއް ނަހީ (މަނާ) ކުރައްވައިފިނަމަ އެކަމަކުން ދުރުހެލިވެގަންނާށެވެ! އަދި ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ކަމަކަށް އަމުރުކުރައްވައިފިނަމަ ތިޔަބައިމީހުންނަށް ކުޅަދާނަވެގެންވާ މިންވަރަކުން އެކަމެއް ކުރާށެވެ.

» ސުވަރުގޭގެ ތަނަވަސްކަން
Friday, October 16, 2009

ކީރިތި ޤުރްއާނުގައި އެތައް އާޔަތެއްގައި ސުވަރުގޭގެ ތަނަވަސްކަމާއި، ބޮޑުކަން ހާމަކުރައްވާފައިވެއެވެ. މިފަދަ އެއް އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ((وَسَارِعُوا إِلَى مَغْفِرَةٍ مِنْ رَبِّكُمْ وَجَنَّةٍ عَرْضُهَا السَّمَوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ)) (އާލްޢިމްރާން : 133) މާނައީ: އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟުރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ ތަޤްވާވެރިންނަށެވެ"

» މަރުވުމަށް ފަހު ފާފަވެރިންނަށް ދެން ވާނީ ކިހިނެއް؟ 2
Monday, June 29, 2009

ކައުއިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައި ވެއެވެ. " ނަރަކަވެރިންގެ ދެޖަމާޢަތެއް ވެއެވެ. އޭގެ ތެރެއިން އެއްބަޔަކީ ހެދުންލައިގެން އޮރިޔާމުން އުޅޭ އަންހެނުންނެވެ. ތިމަންމެންގެ ހިތް އަނެކުންނަށް ދެމުން އަނެކުންގެ ހިތް އަތުލަމުން ފާޑުފާޑަށް ބޮލުގެ އިސްތަށުގަނޑު ގަތައިގެން ހެދިލައިގެން ދާނެއެވެ. މިކަނބަލުންނަށް ސުވަރުގެ ނުދެވޭހުއްޓެވެ. އަދި ސުވަރުގޭގެ ވަސްޖެހޭ ހިސާބަށް ވެސް ކުއްތަންނުވެވޭ ހުއްޓެވެ. އެތާނގެ ވަހަކީ އެތަކެއް މޭލުކޮޅަށް ފެތުރިފައިވާ ވަހެކެވެ." މާތް ﷲ އަޅުގަނޑުމެން އެންމެން މިފަދަ ސުންޕާ ފާފަތަކުން ސަލާމަތް ކުރައްވާށިއެވެ. އާމީން.

» މަރުވުމަށް ފަހު ފާފަވެރިންނަށް ދެން ވާނީ ކިހިނެއް؟ 1
Sunday, June 28, 2009

އަޅާ ދުނިޔޭގައި ދިރިއުޅެމުންދާއިރު އޭނާ އޭނާގެ ސާހިބުވަންތަ ﷲއަށް ކިޔަމަންތެރި އަޅެއްގެ ގޮތުގައި އުޅޭނަމަ އޭނާއަކީ އެއިލާހުގެ ޙަޟުރަތުގައި ލޮބުވެތި އަޅެކެވެ. އަދި އޭނާ އެއިލާހުގެ އަމުރުފުޅުތަކަށް ތަބާނުވެ ނުކިޔަމަންތެރިވާނަމަ އޭނާއަކީ ކުށްވެރި އެކެވެ. ފާފަވެރިއެކެވެ. ﷲގެ ޙަޟުރަތުގައި ކޯފާވެ ވޮޑިގެންވާ އުރެދުންތެރި އެކެވެ. މަރުވުމަށް ފަހު ޢަޛާބު ޙައްޤުވެގެންވާ ނަރަކަ ވެރިއެކެވެ. މިގޮތުން މީހާ މަރުވުމަށް ފަހު ކޯފާޔާއި ޢަޛާބުގެ ޙައްޤުދާރު އުރެދުންތެރިންނަކީ ކޮބައިކަން ކީރިތި ޤުރުއާނާއި ލޮބުވެތި ރަސޫލާގެ ޙަދީޡުފުޅުތަކުގެ އަލީގައި ބަޔާންކޮށްލާނަމެވެ.

ޞަފްޙާ ނަންބަރު:  <<  < 10  11 12 13 14 > 
 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި