އެޑިޓޯރިއަލް

» އޯލެވެލް ނަތީޖާއަށް އިންތިޒާރު ކުރަމުން ދާ ދަރިވަރުންނަށް ...
Wednesday, January 21, 2015

މިދުވަސްކޮޅަކީ ފާއިތުވި އަހަރުގެ ފަހުކޮޅުގައި ބޭއްވުނު އޯލެވެލް އިމްތިހާނާއި އެސްއެސްސީ އިމްތިހާނުގެ ނަތީޖާއަށް އިންތިޒާރުގައި ތިބި ދަރިވަރުންގެ ހިތްތައް އަތްމައްޗަށް ލައިގެން ހަމަ ނިދި ނުނިދިފައި ތިބި ދުވަސްކޮޅެކެވެ. އެއީ އެކަން ވާނެ ގޮތް ވެސް މެއެވެ. އެތައް ރެއެއްގެ ފޮނި މީރު ނިދި ނަގާލާފައި ކުރި މަސައްކަތުގެ ނަތީޖާ ފާޅުކުރެވޭ ދުވަހެވެ. ނަތީޖާގެ އިންތިޒާރީ ވަގުތުގައި ދިވެހި ލޮބުވެތި ދަރިވަރުންނަށް ކުޑަކުޑަ ނަސޭހަތުގެ ބަހެއް ބުނެލަން ގަސްތު ކުރީމެވެ. އެއީ އަމިއްލަ ނަފްސަށާއި އެދަރިވަރުންނަށް އެއިން ފައިދާއެއް ލިބިގަނެވޭނެކަމުގެ އުއްމީދާއި ދުޢާއަށްފަހުގައެވެ. ކޮއްކޮމެންނޭވެ! މިއަދުގެ ނަތީޖާ ލިބޭ ވަގުތު ދަރިވަރުން ދެ ބަޔަކަށް ބެހިގެންދާނެއެވެ.

» މުއުމިނުންގެ ޢައިބުތައް ވަންހަނާ ކުރާށެވެ!
Thursday, March 13, 2014

އެހެން ނަމަވެސް މުސްލިމުންގެ ތެރެއިން އެއްބަޔަކު އަނެއްބަޔަކަށް ފަޟީޙަތްކުރުމާއި އެއްބަޔަކު އަނެއް ބަޔަކަށް ކެއްސެއް ނުވަތަ "ލަނޑެއް" ދީފައި އަނެކާ ޖަހާލާފައި ތިމާ ކުރިއަރައިގެން ދިޔުމުގެ ނުބައި އާދަ ދިވެހިންގެ މެދުގައި ފެންނާތީ ހިތާމަހުއްޓެވެ. މިކަންތައްތަކަކީ ޢާއްމު ބައެއްގެ ތެރޭގައިވެސް ހަޖަމު ކުރަން ދަތި ކަންތައްތަކެކެވެ. އެހެން ވީއިރު ދީނަށް ލޯބިކުރާކަމަށް ދައުވާ ކުރަމުން، ދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުއްނަތް ތިމާގެ ބޭރުފުށުން ފެންނަން ހުންނަ މީހާގެ ކިބައިގައި މިސިފަ ހުރުމަކީ ނުބައިކަމުގެ ގޮތުން ބޮޑު ކަމެކެވެ.

» މުސްލިމުންނާމެދު ކުށް ހީނުކުރާށެވެ.
Monday, March 10, 2014

އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ބައެއް އަޚުންނާއި އުޚްތުން، އަޅުގަނޑުމެންގެ ތެރެއިން މީހަކު ޚިޔާލު ތަފާތު ވެއްޖެ ހިނދެއްގައި އޭނާ އެޚިޔާލު ތަފާތުވީ ކީއްވެތޯ ސުވާލުކުރުމަކާއި ނުލައި، ޖަޖްމަންޓް ދެއެވެ. ހުކުމް ކޮށްލައެވެ. "ޔަޤީނެވެ. އޭނާ ވިކުނީއެވެ. ދުނިޔޭގެ ދަހިވެތިކަމުގައި ދިޔައީއެވެ. ދީނާއި އާޚިރަތް ވިއްކާލީއެވެ." މިގޮތަށް ބުނެވޭ މީހުންވެސް މަދެކޭ ނުބުނެވޭނެއެވެ. ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. މިއީ މިއަދު އަޅުގަނޑުމެން ވިސްނަން ޖެހިފައިވާ ބޮޑު މައްސަލައެކެވެ. އެހެނީ ޝިރުކާއި އަދި އެންމެހާ ނުބައި ކަންތައްތަކުން ސަލާމަތްވެގެންވާ ހިތެއްގެ އަހުލުވެރިއަކަށްމެނުވީ މާދަމާ ޤިޔާމަތްދުވަހުން ސަލާމަތްކަމެއް ނުވެއެވެ.

» ޔަހޫދީންނާއި ނަޞާރާއިންގެ ޢީދުތައް ފާހަގަކުރަމުންދާ މުސްލިމުންނަށް
Tuesday, December 24, 2013

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މިއީ މިދެންނެވިފަދަ ޢީދެއް ފާހަގަ ކުރުމުގައި ނަޞާރާއިން ހޭބޯނާރައި އުޅެމުންދާ ދުވަސްވަރެކެވެ. މިދުވަސްވަރު ފާހަގަ ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ބައެއް ރިސޯޓްތަކުގައި ދިވެހިންގެ ތެރެއިން ބަޔަކު ﷲ ޙަރާމްކުރެއްވި އެތައް ކަމަކަށް އަރައިގަތުމަށްފަހު ފަތިސްނަމާދު ނުކޮށް ނިދާފައިތިއްބާ ﷲ ފޮނުއްވި ޢަޛާބު ހަނދާންކުރާށެވެ. ފަހެ އެދުވަހުގެ އެ ޙާދިސާއަށް ބަޔަކު ކޮންމެ ނަމެއް ކީ ކަމުގައި ވީނަމަވެސް، އެއީ އިލާހީ ކޯފާއެއްކަމާމެދު ޝައްކެއް ނެތެވެ. އެދުވަހުގެ އެޙާދިޘާއަށް ފަހު ﷲ ސުބްޙާނަހޫ ވަތަޢާލާގެ އެއިންޒާރާމެދު ވިސްނުމެއް ނެތި އަނެއްކާވެސް ހަމަ އެކަމަށް އަރައިގަންނަން އުޅެނީ ހެއްޔެވެ؟

» ދީނީ ދަރުސް ލިޔުމުގެ ޘަޤާފަތެއް އަޅުގަނޑުމެންގެ ތެރޭގައި ފަށަމާ ހިނގާށެވެ
Thursday, October 03, 2013

30 ނޮވެމްބަރ 2012 ވީ ހުކުރު ދުވަހުގެ ރޭ ނޫރުލްއިސްލާމް ޖަމްޢިއްޔާގެ ފަރާތުން އައްޑޫސިޓީ ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ބޭއްވި ދަރުސްގައި ފަޟީލަތުއްޝައިޚް މުޙައްމަދު މޫސާ ވިދާޅުވި ބަސްފުޅެއް މިހާރުވެސް އަޅުގަނޑުގެ ހަނދާނުގައި އެބަހުއްޓެވެ. ދުނިޔޭގެ އިސްލާމީ ބައެއް ޤައުމުތަކުގައި ޝޭޚުން ދަރުސް ދެއްވުމަށްފަހު، އޭގެ ފަހު ދުވަހު ދަރުސްގެ ރެކޯޑިން ނެރެވޭ ކަމަށާއި، އަދި ހަފްތާއެއް ހާ ދުވަހުގެ ތެރޭގައި ދަރުސް ލިޔެވި ޝޭޚަށް ދެއްކުމަށްފަހު، ކުށްފިލުވުމަށްފަހު، ފޮތެއްގެ ސިފައިގައި ނެރެވޭ ކަމަށް ޝޭޚް ވިދާޅުވިއެވެ

» ފަހެ، ފޮތުން ބަޔަކަށް ތިޔަބައިމީހުން އީމާންވެ، އަނެއްބަޔަށް ކާފަރު ވަނީ ހެއްޔެވެ؟
Friday, March 29, 2013

ކުރިއާ ޚިލާފަށް ޤައުމީ ފިޤްހު އެކެޑެމީއެއް އުފަންވެފައި އެބައޮތެވެ. ދީނީ ޢިލްމުވެރިންގެ މަޖިލިސްތައް ގިނައެވެ. އެބޭފުޅުންގެ ދިރާސާތައް ކުރައްވައި، ގިނަ ވަގުތު ހޭދަކުރެއްވުމަށްފަހު މަޖިލީހަށް މި ޤާނޫނަށް ހުށަހެޅި އެތައް އިސްލާހުގެ ތެރެއިން އެއްމެ އިމްލާ ކުށެއް ބަލައިގަނެ، ދެންހުރި މުހިއްމު މައްސަލަތައް ފާރު ބުޑަށް ޢިއްޒަތްތެރިން ޖަހާލައިފިއެވެ. ޒިނޭ ފަދަ ބޮޑެތި ކުށްތަކަށް އިސްލާމްދީނުގައި ހުރި ޙުކުމްތައް އެއްކޮށް ނައްތާލާފަދަ ގޮތަކަށް ޤާނޫނު ޑްރާފްޓު ކުރާ މީހުން ނިންމަނީއެވެ.

» ނަން ކިޔުމުގައި މަނާވެގެންވަނީ ޢާޞިޔާ އޭ ކިޔުމެވެ. އާސިޔާ އޭ ކިޔުމެއް ނޫނެވެ.
Wednesday, March 20, 2013

15 މާޗް 2013 ވީ ހުކުރު ދުވަހު ދިވެހިރާއްޖޭގެ މިސްކިތްތަކުގައި ކިޔާފައިވާ ހުކުރު ޚުޠުބާއާމެދު ވަރަށް ގިނަ މީހުން ސުވާލުކުރަމުން އެބަ ދެއެވެ. އެންމެ ގިނަ މީހުން ކުރާ ސުވާލަކީ... "އެއީ ތެދެއްތަ؟ އާސިޔާ މިނަން ކިޔުމަކީ ހުއްދަކަމެއް ނޫންތަ؟.... އާސިޔާއޭ ނުކިޔާށޭ ހުކުރު ޚުޠުބާގައި ކިޔައިފި....... މީގައި އަސްލު ދިމާވި ގޮތް ސާފުކޮށްދިނުމުގެ ގޮތުން ދަންނަވަމެވެ.

» ޢާޝޫރާ ދުވަހުގެ ރޯދަ ހިފަމާ!
Wednesday, November 14, 2012

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވި ބަސްފުޅުގައި ވަނީ: "صِيَامُ يَوْمِ عَاشُورَاءَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ " މާނައީ: އަދި ޢާޝޫރާ ދުވަހުގެ ރޯދައިގެ ސަބަބުން ، ފާއިތުވެ ދިޔަ އަހަރުގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވާނެ ކަމަށް ތިމަން ކަލޭގެފާނު އުއްމީދު ކުރައްވަމެވެ. رواه مسلم

» ޢަރަފާތް ދުވަހުގެ ރޯދަ ހިފުމަށް ވަޞިއްޔަތް ކުރަމެވެ. [1433]
Sunday, October 21, 2012

މިއީ އަޅުގަނޑުމެންނަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. މި ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ގޮވާލަމެވެ. އަދި އޭގެ އިތުރަށް ތިމާގެ އަނބިދަރިންނާއި ގާތްތިމާގެ މީހުންނާއި ރަޙްމަތްތެރީންނާއި އަދި އެނޫން މީހުންނަށްވެސް މިދުވަހުގެ ރޯދަހިފުމަށް އިރުޝާދު ދެއްވާށެވެ. ހިޖުރީ ސަނަތުން 1433 ވަނަ އަހަރުގެ ޢަރަފާތް ދުވަހަކީ މީލާދީ ސަނަތުން 2012 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 25 ވާ ބުރާސްފަތި ދުވަހެވެ.

» އިސްލާމްދީން ފެތުރުމުގައި މީހުންނަށް ފުރައްސާރަކުރުމާއި ޖެއްސުންކުރުން ދޫކޮށްލާށެވެ.
Wednesday, October 03, 2012

އެއްވެސް މީހަކު ފަޟީޙަތްކުރުމަކީ ތިމާމެންގެ މަޤްޞަދު ކަމުގައި ހަދައިގެން ނުވާނެއެވެ. އޭގެ ބަދަލުގައި، ތިމާމެންގެ މަޤްޞަދަކީ އެއްމެ ފަރުދަކަށް ކަމުގައި ވިޔަސް، ތެދުމަގު ލިއްބައިދިނުން ކަމުގައި ހަދަން ޖެހޭނެއެވެ. ތިމާމެންގެ ބްލޮގްގައި ނުވަތަ ސައިޓްގައި ލިޔާ ލިޔުން ކިޔުމަށްފަހު، ނުބައިކަމުގެ އަހުލުވެރިޔާއަށް އެއީ ނުބައެއްކަން އިޙްސާސްވެ، އެ ނުބައިކަންތައް ދޫކޮށް ޙައްޤުގެ މަގަށް އެނބުރި ރުޖޫޢަވުމަކީ އެއީ ތިމާމެންގެ ލަނޑުދަނޑި ކަމުގައި ހަދަން ޖެހޭނެއެވެ.

ޞަފްޙާ ނަންބަރު:   1 2 3 4 5 6 > 
 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި