 ކުރިއާ ޚިލާފަށް ޤައުމީ ފިޤްހު އެކެޑެމީއެއް އުފަންވެފައި އެބައޮތެވެ. ދީނީ ޢިލްމުވެރިންގެ މަޖިލިސްތައް ގިނައެވެ. އެބޭފުޅުންގެ ދިރާސާތައް ކުރައްވައި، ގިނަ ވަގުތު ހޭދަކުރެއްވުމަށްފަހު މަޖިލީހަށް މި ޤާނޫނަށް ހުށަހެޅި އެތައް އިސްލާހުގެ ތެރެއިން އެއްމެ އިމްލާ ކުށެއް ބަލައިގަނެ، ދެންހުރި މުހިއްމު މައްސަލަތައް ފާރު ބުޑަށް ޢިއްޒަތްތެރިން ޖަހާލައިފިއެވެ. ޒިނޭ ފަދަ ބޮޑެތި ކުށްތަކަށް އިސްލާމްދީނުގައި ހުރި ޙުކުމްތައް އެއްކޮށް ނައްތާލާފަދަ ގޮތަކަށް ޤާނޫނު ޑްރާފްޓު ކުރާ މީހުން ނިންމަނީއެވެ. |