 ފަލަސްޠީނުގެ ވެރިކަމުގައި ތިބި ފަތަޙަ ޖަމާޢަތާއި ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރަމުންދާ ޙަމާސް ޖަމާޢަތުގެ މެދުގައި، ފަލަސްޠީނުގައި ވަގުތީ ސަރުކާރެއް އެކުލަވާލުމާއި ބެހޭ ގޮތުންނާއި، އަދި ޢާއްމު އިންތިޚާބުތައް ބާއްވާނެ ތާރީޚާއި މެދު އެއްބަސްވުމަކަށް އަތުވެއްޖެއެވެ.
މިއަހަރުގެ ފެބްރުއަރީ މަހު ފަލަސްޠީނުގެ ދައުލަތުގެ މިހާރުގެ ރައީސް މަޙްމޫދު ޢައްބާސް ވަނީ، ރިޔާސީ އިންތިޚާބާއި ޢާއްމު އިންތިޚާބު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރިން ބޭއްވުމަށް ގޮވާލައްވާއެވެ.
|