ޚަބަރު

» މުސްލިމުން ފައްޅިއަށް ޒިޔާރަތްކުރުމާއި ބެހޭގޮތުން ފަތުވާއެއް ނެރުއްވައިފި
Thursday, December 19, 2013

އިސްލާމީ ފިޤުހު އެކަޑަމީގެ ފަރާތުން "މުސްލިމުން ފައްޅިއަށް ޒިޔާރަތްކުރުމާއި ބެހޭ" ގޮތުން ފަތުވާ ނެރުއްވައިފިއެވެ. އިސްލާމީ ފިޤުހު އެކަޑެމީގެ ފަތުވާ ނަމްބަރު 07/2013 IFA ގައި ބަޔާންކުރެވިފައި ވަނީ، ﷲ ސުބުޙާނަހޫ ވަތަޢާލާ ފިޔަވައި އެހެން ފަރާތްތަކަށް އަޅުކަންކުރެވޭ ތަންތަނާއި، އެހެން ދީންތަކުގެ ޝިޢާރުތައް ފާޅުކުރެވޭ ތަންތަނަށް މުސްލިމުން ޒިޔާރަތްކުރުމަކީ ހުއްދަކަމެއް ނޫންކަމަށެވެ.

» ނޫރުލްއިސްލާމްގެ މުޝްރިފް ޕީއެޗްޑީ ހާސިލް ކުރައްވައިފި
Saturday, April 20, 2013

ނޫރުލްއިސްލާމް ވެބްސައިޓްގެ މުޝްރިފް އަދި އިސްލާމިކް މިނިސްޓަރ ފަޟީލަތުއްޝައިޚް މުހައްމަދު ޝަހީމް އަލީ ސަޢީދު ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) ހާސިލް ކުރައްވައިފިއެވެ. މިފުރުޞަތުގައި އެކަން ފާހަގަކޮށް ނޫރުލްއިސްލާމް ޓީމުގެ ނަމުގައި ޑރ. ޝަހީމަށް މަރުހަބާ ދަންނަވައި އިތުރު ކާމިޔާބީއަށް އެދެއެވެ. އަދި މި ފަދަ ޢިލްމީ ކާމިޔާބެއް ހޯއްދެވި ކަމަށްޓަކައި ނޫރުލްއިސްލާމް ޓީމުން ފަޚުރުވެރިވަމެވެ

» 1433 ވަނަ އަހަރުގެ ޢަރަފާތް ދުވަހަކީ 2012 އޮކްޓޯބަރ 25 ވާ ބުރާސްފަތި ދުވަސް
Wednesday, October 17, 2012

1433 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ ހަނދު މި ހިނގާ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުގެ ރޭ ފެނިފައި ނުވާތީ 1433 ވަނަ އަހަރުގެ ޛުލްޤަޢިދާ މަހުގެ 30 ހަމަކޮށް، ހިޖުރީ ސަނަތުން 1433 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 1 ވަނަ ދުވަހަކީ، މީލާދީ ސަނަތުން 2012 އޮކްޓޯބަރު 17 ވާ ބުދަ ދުވަސް ކަމަށް ސަޢޫދީ ޢަރަބިއްޔާގެ ސްޕްރީމްކޯޓުން ކަނޑައަޅައިފިއެވެ.

» މަރުގެ ޙުކުމް ތަންފީޛުކުރުމާ ބެހޭގޮތުން، ރައީސް ވަޙީދު، ދައުލަތުގެ ކަމާބެހޭ އެންމެ އިސް ދާއިރާތަކުގެ ވެރިންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި
Wednesday, October 10, 2012

މަރުގެ ޙުކުމް ތަންފީޛުކުރުމާ ބެހޭގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު ވަޙީދު، ދައުލަތުގެ ކަމާބެހޭ އެންމެ އިސް ދާއިރާތަކުގެ ވެރިންނާ މިއަދު ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ. އަޅުގަނޑުމެންގެ އުއްމީދަކީ، މިއީ ހަމައެކަނި ދެކެވޭ ވާހަކައަކަށްވުމަށްވުރެ، ޢަމަލު ކުރެވޭ ކަމަކަށް ވެގެން ދިޔުމެވެ. އަދި މިކަމުގައި ކަމާއިބެހޭ ހުރިހާ ފަރާތަކަށް ހެޔޮ ވިސްނުމާއި ތައުފީޤު ދެއްވުން އެދި އަޅުގަނޑުމެން ﷲގެ ޙަޟްރަތުގައި ދުޢާދަންނަވަމެވެ.

» އައްޑޫ ސިޓީގައި ޙައްޖު ފޯރަމެއް ބޭއްވުމަށް ހަމަޖައްސައިފި
Saturday, September 01, 2012

ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި މި އަހަރު އައްޑޫ ސިޓީން ދަތުރުކުރާ މީހުންނަށް ޚާއްޞަ ކޮށްގެން "ޙައްޖު ފޯރަމް 1433" މި ނަމުގައި އެއްދުވަހުގެ ފޯރަމެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ. މި ފޯރަމަކީ ހިތަދޫ ނޫރުލްއިސްލާމް ޖަމްޢިއްޔާ އިން އިންތިޒާމްކޮށްގެން މަރަދޫފޭދޫ ޖަމްޢިއްޔަތުލްމުވައްހިދީންއާއި ގުޅިގެން ހިންގާ ފޯރަމެކެވެ.

» ނޫރުލްއިސްލާމްގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ ޚާއްޞަ އޮންލައިން ދަރުސެއް މާދަމާރޭ - إن شاء الله
Friday, June 15, 2012

ނޫރުލްއިސްލާމްގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ ޚާއްޞަ ދަރުސެއް މާދަމާރޭ (16 ޖޫން 2012 ވާ ހޮނިހިރު ދުވަހުގެރޭ) 8:15 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޓަނެޓް މެދުވެރިކޮށް ކޮންފަރެންސް ކޯލެއްގެ ގޮތުގައެވެ. "މަގޭ މަންމައާއި ބައްޕަ" މި މައުޟޫޢަށް ބޭއްވުމަށް ހަމަޖެހިފައިވާ މިދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ ޕެނަލްއަކުންނެވެ. ޕެނަލްގައި ތިއްބަވާނީ ނޫރުލްއިސްލާމްގެ އެޑިޓަރ އައްޝައިޚް މުޙައްމަދު އަނީލް އާއި ޑިޕިޔުޓީ އެޑިޓަރ އައްޝައިޚް ޢަބްދުﷲ ޞިއްދީޤް އާއި ޑިޕިޔުޓީ އެޑިޓަރ އައްޝައިޚް ޢަބްދުލްހާދީ ޙުސައިން އާއި އެޑިޓޯރިއަލް ބޯޑުގެ މެންބަރު އައްޝައިޚް މުޙައްމަދު ޢަފީފު އެވެ.

» ދެޙަރަމުގެ ކަންތައްތައް ބަލަހައްޓާ މުއައްސަސާގެ އެންމެ އިސްވެރިއަކަށް ޝައިޚް ސުދައިސް ޢައްޔަން ކުރައްވައިފި
Thursday, May 17, 2012

ދެޙަރަމުގެ ކަންތައްތައް ބަލަހައްޓާ މުއައްސަސާ، ރިޔާސަތުލް ޢާއްމާ ލި ޝުއޫނިލް މަސްޖިދިލްޙަރާމް ވަލް މަސްޖިދިއްނަބަވީ، (ޕްރެސިޑެންސީ އޮފް އަލްމަސްޖިދުލްޙަރާމް އެންޑް އަލްމަސްޖިދުއްނަބަވީ) ގެ ރައީސެއްގެ މަޤާމަށް، އަލްމަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބު، ފަޟީލަތުއްޝައިޚް ޑރ. ޢަބްދުއްރަޙްމާން ބުނު ޢަބްދުލްޢަޒީޒް އައްސުދައިސް، ޢައްޔަން ކުރައްވައިފިއެވެ.

» ނޫރުލްއިސްލާމްގެ ފަރާތުން ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިންގެ ދަރުސެއް ސްކައިޕް ކޮންވަޒޭޝަން މެދުވެރިކޮށް ބާއްވައިފި
Thursday, May 17, 2012

މިހިނގާ މޭއި މަހުގެ 15 ވީ އަންގާރަ ދުވަހުގެރޭ ރާއްޖޭ ގަޑިން 8:30 ގައި ފެށި މި ދަރުސް ބާއްވާފައިވަނީ ސްކައިޕް އޯޑިއޯ ކޮންވަޒޭޝަން މެދުވެރިކޮށެވެ. މި ދަރުސްގައި އެކަށީގެންވާ ޢަދަދަކަށް ޒުވާނުން ބައިވެރިވެފައިވެއެވެ. މިގޮތުން ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާ އާއި، އަދި މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ޒުވާނުންތަކެއް ބައިވެރިވެފައިވެއެވެ. ދަރުސް ނިންމާލާފައިވަނީ ސުވާލާއި ޖަވާބު ސެޝަނަކާއެކުގައެވެ. ސުވާލުތަކަށް ޖަވާބު ދެއްވާފައިވަނީ ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން އެވެ.

» ސްކޫލްކުދިން ދުނިޔޭގެ ޢިލްމުތައް އުނގެނުމަށް މިސްކިތްތަކުގައި ތިބުމަކީ މައްސަލައެއް ނޫން: ޝެއިޚް ޢަލީ ޒާހިރު
Tuesday, May 08, 2012

ސްކޫލް ކިޔަވާކުދިން އިމްތިޙާނުތަކަށް ތައްޔާރުވުމުގެ ގޮތުން މިސްކިތްތަކުގައި ތިބެގެން ފިލާވަޅު ދަސްކުރުމަކީ އެއްވެސް މައްސަލައެއް ނޫންކަމަށް ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ. ކޮންމެ ހޮނިހިރު ދުވަހެއްގެ ރޭ ޢިޝާ ނަމާދު ފަހުން ޖަލާލުއްދީން މިސްކިތުގައި ބާއްވާ ޙަދީޘް ކުލާހުގައި މިދިޔަ ހަފްތާގެ ފިލާވަޅުތައް ނަންގަވާދެއްވަމުން ޝެއިޚް މިހެން ވިދާޅުވެފައިވަނީ، މިސްކިތުގައި ދެއްކުން ހުއްދަ ވާހަކަތަކާ ބެހޭ ގޮތުން ތަފްޞީލް ދެއްވަމުންނެވެ.

» ތަހުޒީބު އަޚްލާޤީ މުޖުތަމަޢަކަށް - މިޝިޢާރުގެ ދަށުން އިސްލާމިކް މިނިސްޓްރީއިން ވޯކްޝޮޕެއް ބާއްވަނީ
Monday, April 23, 2012

ތަހުޒީބު އަޚްލާޤީ މުޖުތަމަޢަކަށް މި ޝިޢާރުގެ ދަށުން މިހިނގާ އޭޕްރިލް މަހުގެ 27 އިން 28 އަށް އިސްލާމިކް މިނިސްޓްރީއިން ވޯކްޝޮޕެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެމިނިސްޓްރީން ހާމަކުރައްވައިފިއެވެ. އެ މިނިސްޓްރީގެ ރަސްމީ ވެބްސައިޓްގައި ވާގޮތުން ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވޭ މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ޞަފްޙާ ނަންބަރު:   1 2 3 4 5 6 7 8 9 10 >  >> 
 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި