 އަހަރުތަކެއް ވަންދެން ނަމާދު ނުކޮށް ހުރި މީހަކު، އަލުން ތައުބާވެ ހުރިހާ ނަމާދެއް ކޮށްގެން އުޅެން ބޭނުންވެއްޖެ ނަމަ، ފާއިތުވި ނަމާދުތަކާމެދު ހަދާނީ ކިހިނެއްތޯއެވެ؟ |||| ޖަވާބު>> ޝަރުޢީ ޢުޛުރަކާ ލައިގެން މެނުވީ އެއްވެސް ނަމާދެއް އެނަމާދުގެ ވަޤުތަށްވުރެ ފަސްކުރުމީ ހުއްދަކަމެއް ނޫނެވެ. މިއީ ބޮޑުވެގެންވާ ފާފައެކެވެ. މިދެންނެވި ޝަރުޢީ ޢުޛުރަކީ، ނިދުމާއި ހަނދާން ނެތުމެވެ. މިދެޙާލަތުން ކުރެ ޙާލަތެއްގައި ވަގުތަށްވުރެ ނަމާދެއް ފަސްކުރެވިއްޖެނަމަ، ހޭލެވުމުން ނުވަތަ ހަނދާންވުމުން ވަގުތުން އެނަމާދު ކުރަންވާނެއެވެ. |