ޚާއްޞަ ފައިލް

 
 

ތަރުޖަމާ: އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް ޙުސައިން

 
 

 ފަތުވާ ނަންބަރު: 2871

ޕްރިންޓަރާ ރައްޓެހި

ފަތުވާ ނަންބަރު: 2871 >> މަރުވެފައިވާ މީހުން މެދުވެރިކޮށް ކަންކަމު އެދުމާއިމެދު
ތަރުޖަމާ: އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް ޙުސައިން


 

ފަތުވާނަންބަރު : 2871

ސ: ކީރިތި ރަސޫލާ صلى الله عليه وسلم ނުވަތަ ވަލީވެރިން ،ނުވަތަ ޢަލީ ބިން އަބީ ޠާލިބް رضي الله عنه  އަށް ކުރާ ދުޢާ އެބޭކަލުން އައްސަވާނެކަމަށާއި، އަދި އެ ދުޢާތަކަކީ އިޖާބަކުރެވޭނެ ދުޢާތަކެއް ކަމަށް ޤަބޫލުކުރާ މީހެއްގެ ފަހަތުގައި ނަމާދުކުރުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟ ޕާކިސްތާނުގެ ގިނަމީހުން ރަސޫލާ صلى الله عليه وسلم ނުވަތަ ޢަލީ ބިން އަބީ ޠާލިބް رضي الله عنه  ނުވަތަ ޢަބްދުލް ޤާދިރު ޖީލާނީ އަށް ކަންކަމު އެދި މުޞީބާތްތަކުން ދުރުކުރުމަށް އެދި އުޅެއެވެ.

ސ: ކީރިތި ރަސޫލާ صلى الله عليه وسلم ނުވަތަ ވަލީވެރިން ނުވަތަ ޝައިޚުންނަކީ ދުނިޔެއިން ވަކިވުމަށް ފަހުންވެސް ދިރިތިބޭ ބައެއްކަމަށް ނުވަތަ ޝައިޚުންގެ ރޫޙަކީ އެމީހުންގެ ކިބައިން މީހުން އެދޭ ކަންކަމުގެ އަޑުއަހާ ޙާޟިރުވެގެންވާ ރޫޙުތަކެއްކަމުގައި ޤަބޫލުކުރާމީހެއްގެ ޙުކުމަކީ ކޮބައިހެއްޔެވެ؟ ހަމައެހެންމެ ކީރިތި ރަސޫލާ صلى الله عليه وسلم އަކީ ނޫރެއްކަމަށާއި، އެކަލޭގެފާނަކީ އިންސާނީ ވަންތަކަން ލިބިގެން ނުވާ ބޭކަލެއްކަމަށް ޤަބޫލުކުރާ މީހެއްގެ ޙުކުމަކީ ކޮބައިހެއްޔެވެ؟

 

ޖަވާބު ފުރަތަމައީ : ދުޢާއަކީ އަޅުކަންތަކުގެ ތެރެއިންވާ އަޅުކަމެކެވެ. އަޅުކަންތަކަކީ ހަމައެކަނި މަތިވެރިވެގެންވާ އަށް ޚާއްޞަކުރެވިގެންވާ ކަމެކެވެ. އަޅުކަމުގެ އެއްވެސް މިންވަރެއް މާތް ނޫން ފަރާތަކަށް ކުރުމަކީ އާއި އެހެން ފަރާތެއް ބައިވެރި ކުރުމެވެ. ( ޝިރްކު ކުރުމެވެ.) 

      އަދި ހަމަކަށަވަރުން ގެ ފޮތާއި، މާތް ނަބިއްޔާ  صلى الله عليه وسلم  ސުންނަތާއި، ދަންނަ ބޭކަލުންގެ އިޖުމާޢު، ﷲ ނޫން ފަރާތަކަށް ދުޢާކުރުމަކީ ކަނޑައެޅިގެން ޙަރާމްކަމެއްކަން ދަލީލުކުރެއެއެވެ.

ޤުރްއާނުގައި އައިސްފައިވާ ބައެއް ދަލީލު:  

(( وَلاَ تَدْعُ مِنْ دُونِ اللَّهِ مَا لاَ يَنْفَعُكَ وَلاَ يَضُرُّكَ فَإِنْ فَعَلْتَ فَإِنَّكَ إِذاً مِنَ الظَّالِمِينَ ))  يونس: ١٠٦ މާނައީ: ''  މާތް ފިޔަވައި ކަލޭގެފާނަށް މަންފާއެއްނުދޭނޭ އަދި ކަލޭގެފާނަށް ގެއްލުމެއްވެސް ނުދޭނޭ ތަކެއްޗަށް ކަލޭގެފާނު އަޅުކަން ނުކުރައްވާށެވެ! އެކަން ކުރައްވައިފިނަމަ އެއިރުން ކަލޭގެފާނުވެސް ވާނީ އަނިޔާވެރިވީ މީހުންގެތެރެއިންނެވެ.''   

ފަހެއިސްވެދިޔަ އާޔަތާއި އަދި އެނޫންވެސް މިފަދަ އެހެން އާޔަތްތަކުގައި  ބަޔާންވެގެން އެވަނީ ހަމަކަށަވަރުން މާތް ނޫން ފަރާތަކަށް ދުޢާކުރުމަކީ ކުފުރުކަމެވެ. އަދި އެއީ ޝިރުކާއި މަގުފުރެދުންކަމެވެ.

 ސުންނަތުގައި ހުރި ދަލީލުތައް:  

މީގެތެރޭގައި ސުނަނުގައި މާތް ރުއްސުންލެއްވި ނުޢުމާނު ބިން ބަޝީރުގެ ކިބައިން ޘާބިތުވެގެންވާ ރިވާޔަތެއްގައި ވެއެވެ. ހަމަކަށަވަރުން މާތް ނަބިއްޔާ  صلى الله عليه وسلم  ޙަދީޘްކުރެއްވިއެވެ: « الدعاء هو العبادة »  މާނައީ: '' ދުޢާކުރުން އެއީ އަޅުކަމެވެ.''   މިހެން ވިދާޅުވެ މާތްގެ އަންނަނިވި އާޔަތް ކިޔަވާ ވިދާޅުވިއެވެ. (( وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ))  غافر: ٦٠ މާނައީ : '' އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަން އަށް ދުޢާދަންނަވާށެވެ!

( އެއިރުން ) ތިމަން ތިޔަބައިމީހުންނަށް އިޖާބަކުރައްވާހުށީމެވެ. ''    އަދި ޠަބަރާނީ އެކަލޭގެފާނުންގެ ސަނަދުން ރިވާކުރައްވައެވެ. މާތް ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި މުނާފިޤަކު މުއުމިނުންނަށް އުނދަގޫކޮށް އުޅޭތީ އެއްބަޔަކު ބުންޏެވެ.    .''މި މުނާފިޤުކަލޭގެ ކިބައިން ސަލާމަތް ކުރައްވާތޯ ގެ ރަސޫލާ صلى الله عليه وسلم ގެ ކިބައިން މަދަދަށް އެދެމާ ހިނގާށެވެ! ދެން އެމީހުން ގޮސް  ( މިހެން ދެންނެވުމުން )

ޙަދީޘްކުރެއްވިއެވެ. « إنه لا يستغاث بي إنما يستغاث بالله » '' ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ކިބައިން މަދަދަކަށް ނޭދެވޭނެއެވެ. އެހެނެއްކަމަކު މަދަދަށް އެދެވޭނީ ހަމައެކަނި ގެ ޙަޟްރަތުންނެވެ.''

   މިޙަދިޘްފުޅުން ކަނޑައެޅި އެނގެނީ ކީރިތި ރަސޫލާ صلى الله عليه وسلم ގެކިބައިން ނުވަތަ، އެނޫން މީހެއްގެ ކިބައިންވެސް މަދަދަށް ނޭދެވޭނެ ކަމެވެ. އެހެނީ އެބައިމީހުން އެއެދުނު ކަންތަކަކީ އެކަން ކުރުމުގެ ކުޅަދާނަކަން އެކަލޭގެފާނަށް ލިބިވަޑައިގެންފައިވާޒާތުގެ ކަމަކަށްވީ އިރުވެސް ކީރިތި ރަސޫލާ صلى الله عليه وسلم އިސްތިޣާޘާ ( ކަންކަމުގައި މަދަދު އެދުން ) ގެ ލަފްޒު އެކަލޭގެފަނުގެ ހައްޤުގައި ބޭނުންކުރުންވެސް އެކަލޭގެފަނުވަނީ ނުރުއްސަވައި އެކަން މަނާކުރައްވާފައެވެ. އެއީ ތައުޙީދުގެ އިންފާރު ޙިމާޔަތްކުރެއްވުމަށާއި، އަދި މީސްތަކުންބުނާ ބަސްތަކުގަޔާއި ކުރާކަންތަކުގައި ޝިރުކަށް ވާޞިލުވެދާނެގަމުގެ މަގު ބަންދުކުރެއްވުމަށްޓަކައެވެ. އަދި ސަލާމާއި ޞަލަވާތްލެއްވި އިތުރު<