ނޫރުލްއިސްލާމް >> ޚާއްޞަ ފައިލް

 

އެންމެ ފަހުގެ ޚާއްޞަ ފައިލް

އައްޑޫ ޢިލްމުވެރިންގެ ބަޔާން
16 ސެޕްޓެމްބަރު 2008 ވީ އަންގާރަ ދުވަހުގެރޭ ޓީވީއެމްގެ 'ސިޔާސަތު' ޕްރޮގްރާމްގައި މައުމޫން ޢަބްދުލް ޤައްޔޫމް، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ބަދަލުކޮށް އޮޅުވާލައްވާފައިވާތީ އެކަން ކުށްވެރިކުރުން:

ލިޔުއްވީ: އައްޑޫގެ ދީނީ ޢިލްމުވެރިން

އެހެންކަމުން އަޅުގަނޑުމެން މައުމޫނުގެ މި މަގުފުރެދިފައިވާ ޢަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމުއެވެ. އަދި އިސްލާމީ ޝަރީޢަތުގައި މާތްﷲ ކަނޑައަޅުއްވާފައިވާ މަތިވެރި ޙުކުމްތަކާކުޅެ، އޭގެ ބާރު ކަނޑުވާލައި، އިސްލާމްދީން ހަލާކު ކުރުމަށް މަސައްކަތްކުރަމުންދާ ދީނުގެ ޢަދުއްވުންގެ މަގުން އެކަހެރިވެވަޑައިގެން މާތްﷲ އަށް ތައުބާވެ، އިސްލާމްދީނަށް ރުޖޫޢަވެވަޑައިގަތުމަށް ނަޞީޙަތްތެރިވަމުއެވެ.

'ސިޔާސަތު'

 
 

ކުރީގެ ފައިލްތައް

ކެރިގެންހުރެ ބުނުން

ލިޔުއްވީ: ފަޟީލަތުއްޝައިޚް އިދްރީސް ޙުސައިން (އިބްނުލް ޖުޒުރު)

ދަންނަވަންތޯއެވެ! ކެރިގެންހުރެ އެންމެފުރަތަމަ ބަހެއްބުނެލީ އިބްލީސްއެވެ. ﷲގެ ޙަޟްރަތުގައި އޭތި ކެރިގެންހުރެ ބުންޏެވެ. "އިބައިލާހުގެ ޢިއްޒަތް ގަންދީބުނަމެވެ. އެ އެންމެން މަގުފުރައްދާނަމެވެ." ހަމަޔަޤީނުންވެސް ގަދަކީރިތިވަންތަ މާތް ޙައްޤުއިލާހުގެ ޙަޟްރަތުގައި އޭތި މިހެން ބުނީއަކީ ނުކެރިއެއްނޫނެވެ. ކެރިގެންހުރެއެވެ. ދެންމިގޮތަށް ކެރިގެންހުރެ ބަހެއްބުނީ ފިރުޢައުނެވެ. އޭނާ ބުންޏެވެ. "އަހުރެންނީ ކަލޭމެންގެ އެންމެމަތިވެރި އިލާހެވެ" މިހެން ބުނީއަކީ ނުކެރިއެއްނޫނެވެ. ކެރިގެންހުރެއެވެ.

 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޢީދުމީލާދު ފާހަގަ ކުރުން

ތައްޔާރުކޮށް ހުށަހެޅީ: ނޫރުލްއިސްލާމް.ނެޓް

ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ޢީދު މީލާދު ފާހަގަކުރުމަކީ ބިދުޢައެކެވެ. އެއީ އިސްލާމްދީނުގެ ދެމަސްދަރު ކަމުގައިވާ ކީރިތި ޤުރުއާނާއި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން ޘާބިތުވާކަމެއް ނޫނެވެ. އަދި ކިޔެއްތަ އެކަލޭގެފާނުގެ މިތުރު ޞަޙާބީންނާއި، ތާބިޢީންނާއި އެކަލޭގެފާނު ގެންނެވި ރިސާލަތަށް ޙައްޤުގޮތުގައި ތަބަޢަވި މިއުންމަތުގެ ސަލަފުއްޞާލިޙުންގެ ތެރެއިން އެއްވެސް ބޭކަލަކު ކުރެއްވިކަމެއް ނޫނެވެ.

 

ދިވެހިރާއްޖޭގެ އާޤާނޫނު ޢުޤޫބާތުގެ ބިލަކީ އިސްލާމްދީނަށާއި ދިވެހި ޤައުމަށް ހުރި ވަރަށް ބޮޑު ބިރެއް

ތައްޔާރުކޮށް ހުށަހެޅީ: ނޫރުލްއިސްލާމް.ނެޓް

ބައެއް މީހުންނަކީ، ޤާނޫނުތަކުގައި ބުނަނީ ކީކޭތޯ ބަލައިގެން އެބައިމީހުންގެ ދޭދޭދިރިއުޅުމުގެ މަސައްކަތްތައް ބައްޓަންކުރަމުންދާ ބައެއްނޫނޭ ބުނުމަކީ މުޅިންގޯހެއް ކަމުގައި ވާނެކަމަކަށް ނުފެނެއެވެ. ރުޅިއަރައިގެން ތެދުވެ ހަށިފޮޅާލާފައި ބުނާއެއްޗެއް ބުނެލާނީ ޤާނޫނަކުން ނުވަތަ ޤަވާޢިދަކުން ވިޔަސް އެމީހުން ކުރަން އުޅޭކަމަކަށް ހުރަހެއް އެޅޭވަގުތުއެވެ.

 

މަރުވެފައިވާ މީހުން މެދުވެރިކޮށް ކަންކަމު އެދުމާއިމެދު ސަޢޫދީ ޢަރަބިއްޔާގެ ބޮޑެތި ދަންނަބޭކަލުންގެ މަޖިލީހުގެ ފަތުވާ

ލިޔުއްވީ: ފަޟީލަތުއްޝައިޚް އަޙްމަދު ސަމީރު / ށ.ފޯކައިދޫ

ކީރިތި ރަސޫލާ صلى الله عليه وسلم ނުވަތަ ވަލީވެރިންނަށް ކުރާ ދުޢާ އެބޭކަލުން އައްސަވާނެކަމަށާއި، އަދި އެ ދުޢާތަކަކީ އިޖާބަކުރެވޭނެ ދުޢާތަކެއް ކަމަށް ޤަބޫލުކުރާ މީހެއްގެ ފަހަތުގައި ނަމާދުކުރުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟

 

ޑރ. އަފްރާޝީމް ޢަލީ އަށް ދެވިފައިވާ ޢިލްމީ ރައްދު

އިސްލާމީ ޤައުމެއްގެ އެންމެ އިސްވެރިކަމަށް އަންހެނުން ޢައްޔަން ކުރުން

ލިޔުއްވީ: މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުންގެ ދޫތަކުން ލަވަޔާއި މިއުޒިކާއި މިފަދަ ކަންކަން މުޠްލަޤުކޮށް ހުއްދަކަމުގައި ބަޔާންކުރައްވާ ހިނދު މިކަންކަމުގައި ދީނީ ގޮތުން ހުރި ތަފްޞީލުތައް ދެއްވާނަމަ ވަރަށް ރަނގަޅުވީހެވެ. ޚިލާފުވުމެއް ނުއުފެދުނީހެވެ. ރައްޔިތުން ބައިބައިނުވީހެވެ. މަގުފުރައްދަން އުޅޭ ބަޔަކަށް ފުރުޞަތުވެސް ނުލިބުނީހެވެ.

 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވިދާޅުވި ކަމަށް އެބުނާ ލަވައިގެ ޙަޤީޤަތަކީ ކޮބާ؟؟؟

ލިޔުއްވީ: ފަޟީލަތުއްޝައިޚް ނަސީމް ފަތުޙީ

އިސްވެ ދެންނެވުނު ކަންތައްތަކަށްވުރެ މާ ނުރައްކާތެރި އަދި ޚުޠޫރަތްތެރިކަން ބޮޑު ގޮތަކަށް އިސްލާމީ ޢަޤީދާއާއި ޝަރީޢަތުގެ އުޞޫލްތަކާއި ޙުކުމްތަކުގެ ޙަޤީޤަތް އޮޅޭ ފަދަ ވާހަކަތައް ޓީ ވީ އެމްގެ ޕްރޮގްރާމްތަކުގައި ދައްކައިގެން ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ އެންމެންގެ ސަމާލުކަމާއި މަޝްހޫރުކަން ހޯދައިގެން އެ ޒުމްރާގެ ތެރެއަށް ވަދެގަތް އަނެކަކީ ޑޮކްޓަރ އަފްރާޝީމް ޢަލީ އެވެ.

 

ނަށާ އަންހެނުންނާއި ފާޙިޝް ލަވަތަކާއި މިއުޒިކު ޢާއްމުވެއްޖެނަމަ ޢުޤޫބާތް ދެއްވަފާނޭކަމުގެ އިންޒާރު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެއްވާފައި ނުވޭތޯއެވެ؟

ލިޔުއްވީ: މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

އަޅުގަނޑުމެންގެ ތެރެއިން ބައެއް ޢިއްޒަތްތެރި ރަޙުމަތްތެރި ގާތް ބޭފުޅުންގެ ދޫފުޅުތަކުން ލަވަޔާއި މިއުޒިކާއި މިފަދަ ކަންކަން މުޠްލަޤުކޮށް ހުއްދަކަމުގައި ބަޔާންކުރައްވާ ހިނދު މިކަންކަމުގައި ދީނީ ގޮތުން ހުރި ތަފްޞީލުތައް ދެއްވާނަމަ ވަރަށް ރަނގަޅުވީހެވެ. ޚިލާފުވުމެއް ނުއުފެދުނީހެވެ.

 

އިޞްލާޙުގެ ނަމުގައި އަންހެނުންނަށް ޤާޟީކަން ދިނުމަކީ ދިވެހިދައުލަތުގެ ދީނީ ޢަޤީދާގެ މައްޗައް ގެނެވޭ އިންޤިލާބެއް ނޫންބާ؟

ލިޔުއްވީ: މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

އަޅުގަނޑު މި މަޒްމޫނު މިލިޔަނީ އަންހެނުންނަށް ޤާޟީކަންދިނުމުގެ ފަލްސަފާއާ ބެހޭގޮތުންނެވެ. އެއީ މިފަދަ މައްސަލައެއްގައި އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް ޙައްޤުބަޔާންކޮށްދިނުމުގެ ގޮތުންނެވެ. އަންހެނުންނަށް ޤާޟީކަން ދިނުމަކީ ރާއްޖޭގައި ޒަމާނުއްސުރެ ޢަމަލުކުރަމުން އައި ޞައްޙަ ގޮތުގެ މައްޗައް ގެނެވޭ އިންޤިލާބެކެވެ. މީގެ ސަބަބުން މުޖުތަމަޢުގައި ހަމަނުޖެހުންތައް އިތުރުވެ ބައިބައިވުން އުފެދިދާނެއެވެ.

 

ޤުދްރަތީ ޙާދިސާތަކާ ކުރިމަތި ލާންޖެހޭނީ އީމާންކަމާއި އެކުވެރިކަމާއެކު

ލިޔުއްވީ: މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

އަޅުގަނޑުމެންގެ ރާއްޖޭގެ ވަރަށް ގިނަ ރައްތަކަށް އުދައަރައި ވަރަށް ގިނަ ލޮބުވެތި އަޚުންނާއި އުޚުތުން ވަނީ ޙާލުގައި ޖެހިފައެވެ. އެންމެހައި ރައްޔިތުން މިފަދަ ކަންކަމާ ކުރިމަތިލާންޖެހޭނީ ވަރަށް އީމާންތެރިކަމާ އެކުގައެވެ. މިއީ އެއްވެސް މީހަކަށް ކޮންޓްރޯލް ކުރެވޭނޭ ކަމެއްނޫނެވެ. ރާޅުތައް މަތަކުރައްވާ ފަރާތަކީ ހަމަ އެކަނީ ﷲ އެވެ.

 

މިނިވަން ނޫހުގައި އިސްލާމްދީނަށް ފުރައްސާރަކޮށް އާނިޔާ ލިޔުނު ލިޔުމާމެދު ނޫރުލްއިސްލާމްގެ ބަސް

ލިޔުއްވީ: މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އަމީން ޢާއްމުގެ ނައިބު އާނިޔާ އިސްލާމްދީނާއި، ދީނުގެ ޙުކުމްތަކާއި، ދީނުގެ ދަންނަބޭކަލުންނަށް މަލާމާތާއި ފުރައްސާރަ ރައްދުވާގޮތައް ލިޔެފައިވާ ލިއުމަކީ، އިސްލާމީ ތަރުބިޔަތާއި، ދީނުގެ ޙުކުމްތަކުގެ މަޢުލޫމާތު ޞައްޙަ މަޞްދަރުތަކުން އޭނާ އަށް ލިބިފައި ނެތްކަމުގެ ހެއްކެކެވެ.