|
بسم الله الرحمن الرحيم
الحمد لله رب العالمين ، ولا عدوان إلا
على الظالمين ، والصلاة والسلام على نبينا
محمد وآله وصحبه أجمعين والتابعين لهم
بإحسان إلى يوم الدين، وبعد :
އަޅުގަނޑުގެ
ލޮބުވެތި
މުސްލިމު
އަޚުންނާއި
އުޚުތުންނެވެ.
މިލިޔުމުގައި
އަޅުގަނޑު
މިބަލާލަނީ
އިސްލާމީ
ޤައުމެއްގެ
އެންމެ
މަތީ
ވެރިކަމަށް
އަންހެނުން
އައްޔަންކުރުމާމެދު
ސުންނަތް
ޖަމާޢަތުގެ
އަހުލުވެރިންގެ
ޢަޤީދާގެ
މައްޗަށެވެ.
މިލިޔުމުގައި
އަޅުގަނޑު
ބަޔާންކުރާ
ގިނަ
ވާހަކަތައް،
އަޅުގަނޑު
ލިޔެފައިވާ
ފޮތް
"
އިސްލާމްދީނާއި
ޑިމޮކްރަސީ
"
ގައި
ޚާއްޞަ
ޗެޕްޓަރ
އެއްގައި
ވެސް
ބަޔާންކޮށްފައިވާނެއެވެ.
މިފޮތަކީ
ދިވެހިރާއްޖޭގެ
އިސްލާމީ
ކަންތައްތަކާބެހޭ
އެންމެ
މަތީ
މަޖިލީހުގެ
ހުއްދައާއެކު،
2006
މ.
ވަނަ
އަހަރު
ޗާޕްވެގެން
ވުޖޫދަށް
ނިކުމެފައިވާ
127
ޞަފްޙާގެ
މައްޗައް
އެކުލެވިފާ
ފޮތެވެ.
މި
މައްސަލައިގައި
އިތުރު
ތަފްޞީލު
ބައްލަވަން
ބޭނުންފުޅު
ނަމަ،
އެފޮތް
ހޯއްދަވާށެވެ!
އެފޮތް
ޢަދާލަތު
ޕާޓީގެ
އޮފީހުން
ހިލޭ
ލިބިވަޑައިގަންނަވާނެއެވެ.
އެ
ފޮތުގައި
ހިމެނިފައިވާ
ބައެއް
މަޢުލުމާތާއެކު،
އެހެން
ބައެއް
މުހިއްމު
ނުކުތާތަށް
ހިމަނައިގެން،
ތަނަވަސް
ގޮތަކަށް
މިމައުޟޫގެ
މައްޗައް
އެއްޗެއް
ދަންނަވާލުމަށް
މި
ޤަޞްތުކުރީ،
އަޅުގަނޑުގެ
ރަޙްމަތްތެރި
ބޭފުޅެއްކަމުގައިވާ
ޢިއްޒަތްތެރި
އަޚް
ޑޮކްޓަރ
އަފްރާޝީމް
ޢަލީ
އަންހެނުން
އިސްލާމީ
ޤައުމުގެ
އެންމެ
މަތީ
ވެރިކަމަށް
ޢައްޔަންކުރުމާމެދު
ވެބްސައިޓެއްގައި
ލިޔުއްވާފައިވާ
ލިއުމަކާ
ގުޅިގެން،
ވަރަށް
ގިނަ
ރަޙްމަތްތެރިން،
އެއާމެދު
ބަހެއް
ބޭނުންވެގެން
އެދިވަޑައިގަންނަވަމުން
ގެންދަވާތީއާއި،
ސުންނަތް
ޖަމާޢަތުގެ
ޢަޤީދާގެ
ދިފާޢުގައި
އަޅުގަނޑުގެ
ޤަލަމް
އުފުލާލުމުގެ
ގޮތުންނެވެ.
ކޮންމެ
އަކަސް
އަޅުގަނޑު
ލޮބުވެތި
އަޚު
ޑޮކްޓަރ
އަފްރާޝީމް
އަލީގެ
ލިޔުއްވުމާމެދު
އަޅުގަނޑަށް
ދެންނެވޭނީ
އޭނާ
ލިޔުއްވާފައިވާ
ވާހަކަތަކުގައި
ވަރަށް
ގިނަގުނަ
އޮޅުންބޮޅުންތަކެއް
ހުރިކަމެވެ.
ޙަޤީޤަތާ
ޚިލާފު
އެތައްކަމެއް
ހުރިކަމަށެވެ.
ދަލީލުތަކުގެ
މުރާދާ
ޚިލާފަށް
ބޭނުންފުޅުކުރެވިފައިވާކަމެވެ.
މިއީ
ވަރަށް
ހިތާމަހުރިކަމެއްކަމުގައި
ދެކެމެވެ.
ނަމަވެސް،
ޑޮކްޓަރ
އަފްރާޝީމް
އަށް
އަޅުގަނޑުގެ
ހިތުގެ
އަޑިން
އިޙުތިރާމްކުރާ
ޙާލު،
އަޅުގަނޑުގެ
ޤަލަމް
މިއުފުލާލީ،
މިމައްސަލައިގައި
އިސްލާމީ
އުންމަތުގެ
ދަންނަބޭކަލުންގެ
ވިދާޅުވެފައިވާ
ބަސްފުޅުތަކުގެ
އަލީގައި
އެއްޗެއް
ދެންނެވޭތޯއެވެ.
ޙައްޤުގެ
މަގުން
އަޅުގަނޑުގެ
ޤަލަމް
ކަސިޔާރުވެގެންދިޔަ
ނުދެއްވުމަށް
ﷲ
ގެ
ޙަޟްރަތަށް
އިބުތިހާލުވެ
ދުޢާ
ދަންނަވަމެވެ.
އަދި
ޑޮކްޓަރ
އަފްރާޝީމްއާއި
އަޅުގަނޑާއި
އެންމެހައި
މުސްލިމުންނަށް
ހިދާޔަތުގެ
މަގު
ތަނަވަސް
ކުރައްވައި
ޙައްޤުގެ
މަގުގައި
ސާބިތުވެ
ތިބުން
މިންވަރުކުރެއްވުމަށް
ވެސް
ދުޢާދަންނަވަމެވެ.
އާދެ!
އިސްލާމްދީނަކީ
ހުރިހާ
ޒަމާނަކާއި
ހުރިހާ
ޤައުމަކަށް،
އެކަށީގެންވާ
ގޮތައް
ބާވާލައްވާފައިވާ
ﷲގެ
މަތިވެރި
ދީނެވެ.
އެދީން
އަޅުގަނޑުމެންގެ
އުއްމަތަށް
ބަޔާންކޮށްދެއްވީ
މާތް
ނަބިއްޔާއެވެ.
އުންމަތުގެ
ކަންކޮޅުތަކަށް
ދީން
ފޯރުކޮށްދެއްވީ
ނަބަވީ
މަދުރަސާގެ
ދަރިވަރުންނެވެ.
އެއީ
ﷲގެ
ރުހިވޮޑިގަތުން
ކޮޅުނެއްކޮޅަށް
ލިބިވަޑައިގެންފައިވާ
މާތް
އަޞްޙާބު
ބޭކަލުންނެވެ.
ﷲ
ވަނީ
މިދީން
ޙިމާޔަތްކުރައްވާފައެވެ.
ކީރިތި
ޤުރްއާންވަނީ
މީސްތަކުންގެ
ހިތްތަކުގައްޔާއި،
ފަތްފުށްތަކުގައި
ލިޔެ
ރައްކާތެރިކުރެވިފައެވެ.
މާތް
ނަބިއްޔާގެ
صلى الله عليه وسلم
ޙަދީޘްފުޅުތައްވެސް
ވަނީ
ހަމަ
އެފަދައިން
ރައްކާތެރިކުރެވިފައެވެ.
ކީރިތި
ޤުރްއާނަށް
ފަހު
އެންމެ
ޞައްޙަކަން
ބޮޑު
ފޮތަކީ
އިމާމު
ބުޚާރީ
ޖަމާކުރައްވާފައިވާ
ޙަދީޘްފޮތްކަމުގައި
ސަލަފުންނާއި،
ޚަލަފުން،
އަދި،
އުންމަތުގެ
އެންމެން
ވަނީ
އިޖުމާޢުވެފައެވެ.
ކީރިތި
ރަސޫލާ
صلى الله عليه وسلم
ގެ
ޙަދީޘްފުޅުތަކާއި
ނުލައި
އިސްލާމް
ދީނެއް
ނޯންނާނެއެވެ.
އެއީ
ޤުރްއާނުގެ
ތަރުޖަމާއެވެ.
ނަމަވެސް،
މިއަދު
މުސްތަޝްރިޤުންނާއި،
އެބައިމީހުންގެ
އުނގުން
ތަރުބިޔަތުވެފައި
ތިބި
މީހުން،
ޙަދީޘްފުޅުތަކުގެ
ބާރު
ކަނޑުވާލަން
މަސައްކަތްކުރަމުން
އެބަދެއެވެ.
އެހެނީ
ޙަދީޘްފުޅުތަކުގެ
ބާރު
ކަނޑުވާލައިގެން
މެނުވީ
އެބައިމީހުންގެ
ހަވާ
ނަފްސާ
އެއްގޮތައް
،
ނުވަތަ
ޔަހޫދީންނާއި
ނަޞާރާއިން
ރުހޭ
ގޮތައް
އިސްލާމް
ދީން
ބަދަލު
ނުކުރެވޭނެއެވެ.
މިހެންކަމުން،
ޙަދީޘްތަކުގެ
މުރާދުން
ޙަދީޘްތަށް
އެއްކިބާކޮށް،
އުންމަތުގެ
ޢަޤީދާއާ
ޚިލާފަށް
ދީނުގެ
މަޞްދަރުތަކުގެ
ނުޞޫޞުތަކާއި
ބަޔަކުމީހުން
ކުޅެމުން
އެބަދެއެވެ.
މިއިން
އެއްވެސް
ދިމާލަކަށް
މުސްލިމުން
މޫނު
ކުރިމަރި
ކުރުވައިގެން
ނުވާނެއެވެ.
ޙަދީޘްފުޅުތަކުގެ
މުރާދުކަމުގައި
އިސްލާމްދީނުގެ
ބޮޑެތި
އިމާމުންނާއި
ދަންނަބޭކަލުން
ބަޔާންކުރައްވާފައިވާ
ގޮތުގައި
ހިފައިގެން
ތިބިހައި
ހިދަނކު
،
މާތް
ﷲ
އުންމަތުގެ
އަހުލުވެރިން
ގެއްލެނި
ނުކުރައްވާނެއެވެ.
ދެޖިންސުގެ
ހަމަހަމަކަމުގެ
ނަޒަރިއްޔާ
އިސްލާމްދީން
ވަނީ
އަންހެނާ
އަށް
ފުރިހަމަ
ޤަދަރު
ދެއްވާފައެވެ.
އެހެން
އެއްވެސް
ސަމާވީ
ރިސާލަތެއްގައި
ދެވިފައިނުވާ
މަތިވެރި
ޤަދަރު
މުޙައްމަދުގެފާނުގެ
ޝަރީޢަތުގައި
އަންހެނާއަށް
ދެއްވާފައިވެއެވެ.
މުޙައްމަދު
صلى الله عليه وسلم
ގެ
ނަބަވީ
ރިސާލަތު
ފާޅުވީ
އަންހެނުން
އިހާނެތިކަމާއި،
އަނިޔާވެރިކަމުގެ
ޝިކާރައަކަށް
ވެފައިވާ
ދުވަސްވަރެއްގައެވެ.
އެމީހުން
ޅަފަތުގައި
ވަޅުލެވުނެވެ.
ގަނެ
ވިއްކައި،
އެއްވެސް
އަގެއް
ނެތް
ބައެއްގެ
ގޮތުގައިވިއެވެ.
އެމީހުން
އުފަންވުމަކީ
ހިތާމަވެރިކަމެއްކަމުގައި
ވެގެންދިޔައެވެ.
އެ
ޖާހިލިއްޔަ
މުޖުތަމަޢުގެ
ޙާލަ |