|
بسم الله الرحمن الرحيم
الحمد لله رب العالمين ، ولا عدوان إلا على الظالمين ، والصلاة والسلام على نبينا
محمد وآله وصحبه أجمعين والتابعين لهم بإحسان إلى يوم الدين، وبعد :
އަޅުގަނޑުގެ
ލޮބުވެތި
މުސްލިމު
އަޚުންނާއި
އުޚުތުންނެވެ.
މިލިޔުމުގައި
އަޅުގަނޑު
މިބަލާލަނީ
އިސްލާމީ
ޤައުމެއްގެ
އެންމެ
މަތީ
ވެރިކަމަށް
އަންހެނުން
އައްޔަންކުރުމާމެދު
ސުންނަތް
ޖަމާޢަތުގެ
އަހުލުވެރިންގެ
ޢަޤީދާގެ
މައްޗަށެވެ.
އަޅުގަނޑު
ލިޔެފައިވާ
ފޮތް
"
އިސްލާމްދީނާއި
ޑިމޮކްރަސީ
"
ފޮތުގައި
ހިމެނިފައިވާ
ބައެއް
މަޢުލުމާތާއެކު،
އެހެން
ބައެއް
މުހިއްމު
ނުކުތާތަށް
ހިމަނައިގެން،
ތަނަވަސް
ގޮތަކަށް
މިމައުޟޫގެ
މައްޗައް
އެއްޗެއް
ދަންނަވާލުމަށް
މި
ޤަޞްތުކުރީ،
އަޅުގަނޑުގެ
ރަޙްމަތްތެރި
ބޭފުޅެއްކަމުގައިވާ
ޢިއްޒަތްތެރި
އަޚް
ޑޮކްޓަރ
އަފްރާޝީމް
ޢަލީ
އަންހެނުން
އިސްލާމީ
ޤައުމުގެ
އެންމެ
މަތީ
ވެރިކަމަށް
ޢައްޔަންކުރުމާމެދު
ވެބްސައިޓެއްގައި
ލިޔުއްވާފައިވާ
ލިއުމަކާ
ގުޅިގެން،
ވަރަށް
ގިނަ
ރަޙްމަތްތެރިން،
އެއާމެދު
ބަހެއް
ބޭނުންވެގެން
އެދިވަޑައިގަންނަވަމުން
ގެންދަވާތީއާއި،
ސުންނަތް
ޖަމާޢަތުގެ
ޢަޤީދާގެ
ދިފާޢުގައި
އަޅުގަނޑުގެ
ޤަލަމް
އުފުލާލުމުގެ
ގޮތުންނެވެ.
ކޮންމެ
އަކަސް
އަޅުގަނޑު
ލޮބުވެތި
އަޚު
ޑޮކްޓަރ
އަފްރާޝީމް
އަލީގެ
ލިޔުއްވުމާމެދު
އަޅުގަނޑަށް
ދެންނެވޭނީ
އޭނާ
ލިޔުއްވާފައިވާ
ވާހަކަތަކުގައި
ވަރަށް
ގިނަގުނަ
އޮޅުންބޮޅުންތަކެއް
ހުރިކަމެވެ.
ޙަޤީޤަތާ
ޚިލާފު
އެތައްކަމެއް
ހުރިކަމަށެވެ.
ދަލީލުތަކުގެ
މުރާދާ
ޚިލާފަށް
ބޭނުންފުޅުކުރެވިފައިވާކަމެވެ.
މިއީ
ވަރަށް
ހިތާމަހުރިކަމެއްކަމުގައި
ދެކެމެވެ.
ނަމަވެސް،
ޑޮކްޓަރ
އަފްރާޝީމް
އަށް
އަޅުގަނޑުގެ
ހިތުގެ
އަޑިން
އިޙުތިރާމްކުރާ
ޙާލު،
އަޅުގަނޑުގެ
ޤަލަމް
މިއުފުލާލީ،
މިމައްސަލައިގައި
އިސްލާމީ
އުންމަތުގެ
ދަންނަބޭކަލުންގެ
ވިދާޅުވެފައިވާ
ބަސްފުޅުތަކުގެ
އަލީގައި
އެއްޗެއް
ދެންނެވޭތޯއެވެ.
ޙައްޤުގެ
މަގުން
އަޅުގަނޑުގެ
ޤަލަމް
ކަސިޔާރުވެގެންދިޔަ
ނުދެއްވުމަށް
ﷲ
ގެ
ޙަޟްރަތަށް
އިބުތިހާލުވެ
ދުޢާ
ދަންނަވަމެވެ.
އަދި
ޑޮކްޓަރ
އަފްރާޝީމްއާއި
އަޅުގަނޑާއި
އެންމެހައި
މުސްލިމުންނަށް
ހިދާޔަތުގެ
މަގު
ތަނަވަސް
ކުރައްވައި
ޙައްޤުގެ
މަގުގައި
ސާބިތުވެ
ތިބުން
މިންވަރުކުރެއްވުމަށް
ވެސް
ދުޢާދަންނަވަމެވެ.
|