|
الحمد لله رب
العالمين،
والعاقبة
للمتقين، ولا
عدوان إلا على
الظالمين،
والصلاة والسلام
على محمد وعلى
آله وصحبه
أجمعين، وبعد:
16 ސެޕްޓެމްބަރު
2008 ވީ އަންގާރަ
ދުވަހުގެ ރޭ
ޓެލެވިޜަން
މޯލްޑިވްސްގެ
"ސިޔާސަތު"
ޕްރޮގްރާމްގައި
ދިވެހިރާއްޖޭގެ
އިންތިޤާލީ
މަރުޙަލާގެ
ވަގުތީ
ރައީސްކަމުގައި
ހުންނެވި، މއ.
ކިނބިގަސްދޮށުގޭ
މައުމޫނު
ޢަބްދުލްޤައްޔޫމް
ވަނީ
މާތްވެގެންވާ
އިސްލާމްދީނުގެ
މަތިވެރި
ޙުކުމްތައް
ބަދަލުކޮށް
އެއިގެ ތެރެއިން
ބައެއް ޙުކުމް
އޮޅުވާލުމަށް
މަސައްކަތް
ކުރައްވާފައެވެ.
މައުމޫނު
ޢަބްދުލްޤައްޔޫމް
އެޙުކުމްތައް
އޮޅުވާލުމަށް
މަސައްކަތް
ކުރައްވާފައިވަނީ
އޭގެ ރަނގަޅުގޮތް
ދެނެވަޑައިގެން
ހުންނެވި ޙާލު،
ހަވާނަފްސަށް
ތަބަޢަވެވަޑައިގެންކަން
ވަރަށް ރަނގަޅަށް
ސާބިތުވެއެވެ.
އިސްވެ
ދެންނެވުނު
"ސިޔާސަތު"
ޕްރޮގްރާމްގައި
މައުމޫން
ޢަބްދުލްޤައްޔޫމް
ރަނގަޅަށް
ދެނެވަޑައިގެން
ހުންނެވި ޙާލު،
އޮޅުވާލައްވާފައިވަނީ
އިސްލާމީ
ޝަރީޢަތުގައި
ޞަރީޙަ ނައްޞުން
ސާބިތުވެ،
އިސްލާމީ
އުއްމަތުގެ
ދަންނަބޭކަލުން
އެޙުކުމްތަކަށް
އިޖްމާޢުވެފައިވާ
ޤަޠްޢީ
ޙުކުމްތަކެއްކަން
ދިވެހި
ރައްޔިތުންނަށް
ހާމަކޮށްދެމުއެވެ.
މިގޮތުން
މައުމޫން
ޢަބްދުލްޤައްޔޫމް
އޮޅުވާލެއްވި
އެއް ޙުކުމަކީ
އިސްލާމްދީނުގައި
"ޤިޞާޞް"
ހިފުމުގެ
ޙުކުމެވެ. ޤިޞާސް
ހިފުމަކީ
އިސްލާމީ
ޝަރީޢަތުގައި
ކަނޑައެޅިގެން
މުސްލިމުންގެ
މައްޗަށް ﷲ
ވާޖިބު
ކުރައްވާފައިވާ
ކަމަކަށްވީއިރުވެސް
ކީރިތި
ޤުރުއާނުން
ޤިޞާޞްގެ ޙުކުމާ
ނުގުޅޭ އާޔަތެއް
ނުބައިކޮށް
ވިދާޅުވެ، ޤިޞާޞް
ހިފުމަށް ވުރެ
ހެޔޮކަންބޮޑީ
މާފުކުރުން
ކަމުގައްޔާއި،
ޤިޞާޞް ހިފުމަކީ
އެއީ އިޚްތިޔާރު
ލިބިގެންވާ
ކަމެއްކަމަށް
އެއްވެސް
ބިރެއްނެތި ވަނީ
ވިދާޅުވެފައެވެ.
މިދެންނެވި
ޕްރޮގްރާމްގައި
ދެވަނައަށް
މައުމޫން
ޢަބްދުލްޤައްޔޫމް
އޮޅުވާލައްވާފައިވަނީ
އަންހެނުންގެ
ޢައުރަ
ނިވާކުރުމުގެ
ޙުކުމެވެ.
އަންހެނާގެ
ޢައުރައަކީ
މޫނާއި
ދެއަތްތިލަ ނޫން
އެހެން ހުރިހާ
ތަނެއްކަމާއި
ޢައުރަ
ނިވާކުރުމަކީ
ވާޖިބެއްކަން
ޤަޠްޢީ
ދަލީލުތަކުން
ސާބިތުވެ،
އުއްމަތުގެ
ދަންނަބޭކަލުން
އެޙުކުމަށް
އިޖުމާޢުވެފައިވާއިރު،
އެއީ ޤަޠްޢީ
ދަލީލުން
ސާބިތުވާ
ޙުކުމެއް ނޫން
ކަމަށާއި، ނޫރު
ސޫރަތުގެ 31 ވަނަ
އާޔަތުގައިވާ
(( إلاّ ما ظهر
منها ))
ގެމާނައަކީ
ކޮންމެހެން
މޫނާއި
ދެއަތްތިލަ ނޫން
ކަމަށާއި، މޫނާއި
ދެއަތްތިލަ
ފިޔަވައި އެހެން
ތަންތަން
ނިވާކުރަން
އިސްލާމްދީނުގައި
އަންހެނުންނަށް
އަންގަވާފައި
ނުވާކަމަށް،
މާތްﷲ ގެ
ކޯފާއަށް
އެއްވެސް
ބިރެއްނެތި
ވިދާޅުވެފައިވެއެވެ.
އެހެންކަމުން
އަޅުގަނޑުމެން
މައުމޫނުގެ މި
މަގުފުރެދިފައިވާ
ޢަމަލު އެންމެ
ހަރުކަށި
ޢިބާރާތުން
ކުށްވެރިކުރަމުއެވެ.
އަދި އިސްލާމީ
ޝަރީޢަތުގައި
މާތްﷲ
ކަނޑައަޅުއްވާފައިވާ
މަތިވެރި
ޙުކުމްތަކާކުޅެ،
އޭގެ ބާރު
ކަނޑުވާލައި،
އިސްލާމްދީން
ހަލާކު ކުރުމަށް
މަސައްކަތްކުރަމުންދާ
ދީނުގެ
ޢަދުއްވުންގެ
މަގުން
އެކަހެރިވެވަޑައިގެން
މާތްﷲ އަށް
ތައުބާވެ،
އިސްލާމްދީނަށް
ރުޖޫޢަވެވަޑައިގަތުމަށް
ނަޞީޙަތްތެރިވަމުއެވެ.
وللَّهِ العزة
ولرسوله
وللمؤمنين
والسلام عليكم
ورحمة اللَّهِ
وبركاته
|
|
ނަން |
ސޮއި |
|
1 |
އައްޝައިޚް
އިދްރީސް
ޙުސައިން |
|
|
2 |
އައްޝައިޚް
އިލްޔާސް
ޙުސައިން |
|
|
3 |
އައްޝައިޚް
އިބްރާހީމް
ރުޝްދީ |
|
|
4 |
އައްޝައިޚް
ޙަސަން
ލަޠީފް
މޫސާ |
|
|
5 |
އައްޝައިޚް
ޢަބްދުއްޞަމަދު
މުޙައްމަދު |
|
|
6 |
އައްޝައިޚް
ނާޞިރު
ޒަކަރިއްޔާ |
|
|
7 |
އައްޝައިޚް
ނަސީމް
ފަތުޙީ |
|
|
8 |
އައްޝައިޚް
ރަޒީން
ޙުސްނީ |
|
|
9 |
އައްޝައިޚް
ޢަބްދުއްރަޝީދު
އަޙްމަދު |
|
|
10 |
އައްޝައިޚް
ރޫޙުލް
އަމީން |
|
|
11 |
އައްޝައިޚް
ސިރާޖުލް
އަމީން |
|
|
12 |
އައްޝައިޚް
ޢަބްދުﷲ
ރަޝީދު |
|
|
13 |
އައްޝައިޚް
ޢަލީ
ޝަރީފް |
|
|