ނޫރުލްއިސްލާމް >> މުޖުތަމަޢު
 

އޭ ރަމަޟާން މަހަށް އަޅުކަން ކުރާ މީހާއެވެ! ރަމަޟާންމަސް ނިމިއްޖެއެވެ! އޭ ﷲ އަށް އަޅުކަން ކުރާ މީހާއެވެ! ﷲ އީ ދިރިދެމިވޮޑިގެންވާ އިލާހެވެ!
ލިޔުއްވީ: މުޙައްމަދު އަނީލް

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ރަމަޟާން މަސް އަޅުގަނޑުމެންނާއި އަލްވަދާޢު ކިޔުމުން، އަމިއްލަ ނަފްސުތަކާ ކޮށްލަން ޖެހޭ އެންމެ ފުރަތަމަ ސުވާލަކީ، މި ރަމަޟާންމަހުގެ ރޯދައިގެ ފައިދާ ލިބިގަނެވުނީ ކިހާ މިންވަރަކަށްތޯއެވެ؟ ރަމަޟާންމަހުގެ ރޯދަ ފަރުޟު ކުރެއްވި ޙިކުމަތަކީ އަޅުތަކުން ޚާލިޤުވަންތަ ﷲ އަށް ތަޤުވާވެރިވުމެވެ.

 

ލައިލަތުލް ޤަދްރި ލިބިގަންނަ މީހުންގެ ތެރެއިން ވުމަށް މަސައްކަތްކުރާށެވެ!!!
ލިޔުއްވީ: ރަފީޢާ ފަތުޙީ

ރޯދަމަހުގެ ފަހުދިހައިގެ ރޭތައް، އެއްބަޔަކު ވާދެމުމާ ބައިބަލާކުޅުމުގައި ހޭދަކުރާއިރު އަނެއްބަޔަކު ޓީވީ ދޮށުގައި ޑްރާމާ ސިލްސިލާތައް ބެލުމުގައި ހޭދަކުރަމުންދަނީއެވެ. ނަމަވެސް ހިތަށްއަރައެވެ. އެރެއަކީ ބަރަކާތްތެރި ރަމަޟަންމަހުގެ، މާތްކަން ގަދަވެގެންވާ ފަހުދިހައިގެ ރޭތަކުން ލައިލަތުލް ޤަދްރި ކަމުގައި ވަނީނަމަ އޭނާ އެނަގާލަނީ ކޮންފަދަ ހެޔޮކަމަކާއި މަތިވެރިކަމެއް ހެއްޔެވެ؟ އޭނާ އެމަޖަލުގައި ގެއްލިފައި ހުރިއިރު ދުނިޔަވީ އުޑުގައި ހިނގަމުންދަނީ ކޮންކަމެއް ހެއްޔެވެ؟

 

ފާއިތުވި ރަމަޟާން މަހު އަހަރެން ތިޔަބައިމީހުންނާއެކު ވީމެވެ!!
ލިޔުއްވީ: މުޙައްމަދު އަނީލް

ޢަމަލުގެ މައިދާނުގައި އަހަރެމެންވަނީ ތިޔަބައިމީހުންނާއި ވަކިވެ ގޮސްފައެވެ. އަހަރެމެން މި ދަތުރު ކުރަނީ ޢަމަލެއް ނެތް ޙިސާބު ބެއްލެވުމުގެ ޙަޔާތަށެވެ. ފަހެ ތިބާގެ ޙަޔާތުގެ ކޮންމެ މިނިޓެއް، ކޮންމެ ސިކުންތެއްގެ ފައިދާ އެންމެ ހެޔޮ ގޮތުގައި ލިބިގަންނާށެވެ. ވަގުތުގެ އަގު އެނގޭނީ އެ ވަގުތު ގެއްލުނު މީހުންނަށެވެ. ތިބާގެ އާޚިރަތުގެ ދަތުރަށް ބޭނުންވާ ކޮއްތު އެއްކޮށް ފުރިހަމަ ކުރާށެވެ. ފަހެ އެންމެ ހެޔޮ ރަނގަޅު ކޮއްތަކީ ތަޤުވާއެވެ.

 

އުފާވެރި ދިރިއުޅުމަކަށް މަސައްކަތް ކުރަމާތޯ!!!
ލިޔުއްވީ: ފާޠިމަތު ޖުމާނާ ހާދީ

ރެއާއި ދުވާލު ޓީވީ އާއި ރޭޑިޔޯ ގެ ޒަރީއާއިން ކެނޑިނޭޅި މި އިވޭ އެއް އަޑަކީ ސިޔާސީ ލީޑަރުންގެ ވަޢުދުތަކުގެ އަޑެވެ. އެބޭފުޅުންގެ ސިޔާސީ ވިސްނުންފުޅުގެ އަޑެވެ. ދިވެހި ރައްޔިތުންނަށް މުޅިން "އާ އަނެއްދިވެހިރާއްޖެ" އެއް ދައްކައިދޭނެ ކަމުގެ ފޮނި އުއްމީދުތަކުގެ ވާހަކައެވެ. ދިރިއުޅުމުގެ ހުރިހާ އުފަލެއް ހޯދައިދޭނެ ވާހަކައެވެ.

 

ސްކޫލްތަކުގައި ނަސޭހަތުގެ ބަސްތައް ބޯޑުތަކެއްގައި ބެހެއްޓުން
ލިޔުއްވީ: މުޙައްމަދު އަނީލް

ޝައްކެއް ނެތި އެނގޭ ގޮތުގައި، ދަރިވަރުންގެ ތަރުބިއްޔަތުގައި އެންމެ ނުފޫޒުގަދަ ބަޔަކީ ސްކޫލްތަކުގެ ވެރިންނާއި މުދައްރިސުންނެވެ. ބެލެނިވެރިންގެ ޙިއްސާވެސް ތަރުބިއްޔަތުކުރުމުގައި ވަކި ކުޑައެއް ނޫނެވެ. އެހެން ނަމަވެސް މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައި ދަރިން ތަރުބިއްޔަތު ކުރުމުގެ ޒިންމާ ސްކޫލްގެ ބޮލުގައި އަޅުވައިގެން، ދެއަތް އުރާލައިގެން ތިބޭ ބެލެނިވެރިންނަކީ ގިނަ ބައެކެވެ. މިއީ ހިތާމައިގެ ކޮޅުނެތްކޮޅަށް ހިތާމަ ކުރަންޖެހޭ ކަމެކެވެ.

 

ފަލަސްޠީނުގެ އަޚުންނަށް އެހީވުމަށް ފަންޑު ތަކެއް ހުޅުވާލުމަށް ގޮވާލަން!
ލިޔުއްވީ: މުޙައްމަދު އަނީލް

އޭ އިސްލާމީ އުއްމަތުގެ މުއްސަނދިންނޭވެ! ތިޔަބައިމީހުންގެ ވަގުތު އަތުވެއްޖެއެވެ. އޭ ސިޔާސީ ޕާޓީތަކުގެ ވެރިންނޭވެ! އޭ ޖަމިއްޔާ ޖަމާޢަތްތަކުގެ ވެރިންނޭވެ! އިސްނަގާށެވެ! ފަންޑުތައް ހުޅުވާލާށެވެ! ތާރީޚު އިޢާދަ ކުރާށެވެ! ދިވެހިންވަނީ މީގެ ކުރިންވެސް ފަލަސްޠީނާއި ބޮސްނިއާގެ މުސްލިމުންނަށް އެތައް ލައްކަ ރުފިޔާއިން ހޭދަކޮށްފައެވެ. އެކަމުގައި ދިވެހިންގެ ރޫޙާއި ކުޅެލި، ހިތްވަރުގަދަ ބޭފުޅުންގެ ފަހަތްޕުޅުން ދިވެހި އުއްމަތް ވަނީ ބޮޑެތި އެހީތަކެއް މުސްލިމު އަޚުންނަށް ފޯރުކޮށްދީފައެވެ.

 

ކަށްވަޅުގެ ބިރުވެރިކަން - އިންސާނާގެ ނިކަމެތިކަން
ލިޔުއްވީ: ފަޟީލަތުއްޝައިޚް ޙުސައިން ރަޝީދު އަޙްމަދު

މައިންބަފައިންނަކީ އަޅުގަނޑުމެން މި ދުނިޔެއަށް ފޮނުއްވުމަށް ﷲ މެދުވެރި ކުރެއްވި ސަބަބެވެ. އެދެމީހުންނަށް ކިޔަމަންތެރިވެ އިޙުސާންތެރިވުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ، ކީރިތި ޤުރުއާނުގެ އަލް އިސްރާ ސޫރަތުގައި، ހަމައެކަނި އެއިލާހަށް އަޅުކަން ކުރުމަށް އެންގެވުމާއި ވިދިގެން މައިންބަފައިންނަށް އިޙްސާންތެރިވުމަށް އަމުރު ކުރައްވާފައިވެއެވެ. އަދި ލުޤްމާން ސޫރަތުގައި، އެއިލާހަށް ޝުކުރުވެރިވުމަށް އަމުރު ކުރެއްވުމަށް ކުރެއްވި އަމުރުފުޅާ ވިދިގެންވަނީ މައިންބަފައިންނަށް ޝުކުރުވެރިވުމަށް ކުރެއްވި އަމުރު ފުޅެވެ.

 

ރުޅީގެ ފަރުވާތަކުގެ ތެރެއިން ...
ލިޔުއްވީ: މުޙައްމަދު އަނީލް

ޚަލީފާ ހާރޫނުއްރަޝީދުގެ އަރިހުގައި عبدالله بن مسلم بن محارب ދެންނެވިއެވެ. އޭ މުއުމިނުންގެ އަމީރެވެ! ކަލޭގެފާނުގެ އަރިހުގައި އަޅުގަނޑު ނިކަމެތިވެގެން ވާވަރަށްވުރެ ބޮޑަށް ކަލޭގެފާނު އެފަރާތެއްގެ ޙަޟްރަތުގައި ނިކަމެތިވެގެންވާ، އަދި ކަލޭގެފާނަށް އަޅުގަނޑަށް ޢުޤޫބާތް ދެއްވުމަށް ކުޅަދާނަ ވަރަށް ވުރެ ބޮޑަށް ކަލޭގެފާނަށް ޢުޤޫބާތް ދެއްވުމަށް ކުޅަދުންވަންތަވެ ވޮޑިގެންވާ ފަރާތް މެދުވެރިކޮށް، އަޅުގަނޑަށް މާފު ކޮށްދެއްވުމަށް ދަންނަވަމެވެ. އެހިނދު ހާރޫނު އޭނާއަށް މާފު ކުރެއްވިއެވެ.

 

އުރެދުމަކަށް އަރައިގަތުމުގެ ކުރިން ...
ލިޔުއްވީ: މުޙައްމަދު އަނީލް

ފާފަތަކަކީ މިއަދު އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައެއްގެ ނަޒަރުގައި ވަރަށްވެސް ކުޑަ ކުޑަ ކަމެކެވެ. އެއީ ނޭފަތުގައި ޖައްސާލާ މެއްސެއް ފައްސާލުމަށް ވުރެ ފަސޭހަކަމެއް ކަމުގައި އެބައިމީހުން ދެކެއެވެ. އެހެން ނަމަވެސް އަޅުގަނޑުމެންގެ ކުރީގައި އިސްވެދިޔަ ޞާލިޙު އަޅުން ފާފަތަކާއިމެދު ދެކެވަޑައިގެންނެވީ އެފަދައަކުން ނޫނެވެ. އެހެނެއްކަމަކު އެބޭކަލުން ފާފަތައް ދެކެވަޑައިގެންނެވީ އެބޭކަލުންގެ ބޯތައް މަތީގައި ވާ ބިޔަ ފަރުބަދައެއްގެ ގޮތުގައެވެ. ކޮންމެ ހިނދަކުވެސް އެ ފަރުބަދަ ބޯމައްޗަށް ވެއްޓިދާނެކަމުގެ ބިރުވެރިކަން ހިތުގައި ގަދަވެފައިވިއެވެ.

 

އަހަރެންގެ މަންމަ
ލިޔުއްވީ: މުޙައްމަދު އަނީލް

އަހަންނަކީ ބޮޑު މީހަކީމެވެ. އެހެން ނަމަވެސް އަހަރެންގެ މަންމަގެ ކައިރީގައި އަހަންނަކީ ކުޑަ މީހަކީމެވެ. މުސްކުޅިވެފައިވާ މީހަކީމެވެ. އެހެނަސް އަހަރެންގެ މަންމަގެ ކައިރީގައި އަހަންނަކީ ތުއްތު ކުއްޖަކީމެވެ. އަހަރެންގެ ޙައްޤުގައި، އެއްވެސް ޝަކުވާއެއް ނެތި، އެމީހެއްގެ ލޮލުގެ ކަރުނަތައް އޮއްސައި، އެމީހެއްގެ ހަށިގަނޑުގެ ކިރާއި ލެއި ޤުރުބާން ކުރި ދެވަނަ މީހަކު ނުވެއެވެ. އަހަރެންގެ މަންމަ ފިޔަވައި އެހެން އެންމެން އަހަރެންގެ މަތިން ހަނދާން ނައްތާލިއެވެ.

 

މިބައިގައި ހިމެނޭ ލިޔުންތަކުގެ ޢަދަދު: 62  
  [1]   2   3   4   5   6   7      ކުރިއަށް