ޑެންމާކުގެ އެއްވެސް މީހަކަށް ސޫދާނުގެ ބިމުގައި ފައި ޖައްސާލުމުގެ ފުރުސަތެއް ނުދެއްވާނެކަމަށް ސޫދާނުގެ ރައީސް ވިދާޅުވެއްޖެ
|
ސޫދާން- 28 ފެބްރުއަރީ 2008 (ބުރާސްފަތި) : ޑެންމާކު އެއްވެސް މީހަކަށް ސޫދާނުގައި ފައި ޖައްސާލުމުގެ ފުރުސަތެއްވެސް ނުދެއްވާނެކަމަށް ސޫދާނުގެ ރައީސް ޢުމަރު އަލް ބަޝީރު ވިދާޅުވެއްޖެއެވެ. އަލް ބަޝީރު މިހެން ވިދާޅުވީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ފުރައްސާރަކޮށް މީގެ ދެއަހަރެއްހައި ދުވަސް ކުރިން ޑެންމާކުގެ ނޫހެއްގައި ކުރަހާފައިވާ ކާޓޫނުތައް އަލުން ޝާއިޢު ކުރުމާގުޅިގެން އެކަމަށް ނުރުހުން ފާޅުކުރުމަށް، ބުދަ ދުވަހު ސޫދާނުގެ ވެރިރަށް ޙަރްޠޫމުގައި ބޭއްވުނު މުޒާހަރާއެއްގައި... |

|
|
|
|
ފަޟީލަތުއްޝައިޚް ބަކުރު އަބޫ ޒައިދު އަވަހާރަވެއްޖެ
|
ސުޢޫދީ ޢަރަބިއްޔާ - 8 ފެބްރުއަރީ 2008 (ހުކުރު): މަޖްމަޢުލް ފިޤްހިލް އިސްލާމީ އައްދައުލީ (އިންޓަނޭޝަނަލް އިސްލާމިކް ފިޤްހް އެކެޑެމީ)ގެ ރައީސް، ސުޢޫދީ ޢަރަބިއްޔާގެ ބޮޑެތި ދަންނަ ބޭކަލުންގެ މަޖިލިސްގެ މެންބަރު، އަދި ސުޢޫދީ ފަތަވާ ކޮމެޓީގެ ކުރީގެ މެންބަރު، ފަޟީލަތުއްޝައިޚް ބަކުރު ބުނި ޢަބްދުﷲ އަބޫ ޒައިދު، މި ފެބްރުއަރީ މަހުގެ 5 ވަނަދުވަހު އަވަހާރަވެއްޖެއެވެ. |

|
|
|
|
ފަލަސްޠީނުގެ ޣައްޒާގެ އަހުލުވެރިންނަށް ކުރިމަތިވެފައިވާ މުސީބާތުން އެމީހުން ސަލާމަތް ކޮށްދެއްވުން އެދި ޤުނޫތު ނާޒިލާ ކިޔުމަށް އިސްލާމީ އުއްމަތަށް ފަލަސްޠީނުގެ ޢިލްމުވެރިން ގޮވާލައްވައިފި
|
ފަލަސްޠީނުގެ ޣައްޒާގައި ދިރިއުޅޭ މުސްލިމުންނަށް އިޒްރޭލުގެ ޔަހޫދީން ކުރިމަތިކޮށްގެން އުޅޭ ބިރުވެރި ކަމާއި އަނިޔާގެ ޙިޞާރުން އެމީހުން ސަލާމަތްކޮށްދެއްވުން އެދި ދުޢާ ކުރުމަށާއި، ﷲ ސުބްޙާނަހޫ ވަތަޢާލާގެ އަމުރުފުޅުތަކަށް ބޯލަނބައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުއްނަތަށް ތަބާވުމުގެ ގޮތުން، ކޮންމެ ފަރުޟު ނަމާދެއްގައި ޤުނޫތު ނާޒިލާ (މުސީބާތުގެ ވަގުތުގައި ކިޔާ ޤުނޫތު) ކިޔުމަށް މުޅި އިސްލާމީ އުއްމަތަށް، ފަލަސްޠީނުގެ ޢިލްމުވެރިން ގޮވާލައްވައިފިއެވެ. |

|
|
|
|
އިސްލާމް ދީނާ ޚިލާފު ލިޔުންތަކެއް ގެންގުޅުނު ނޫސްވެރިއަކު މަރަށް ޙުކުމްކޮށްފި
|
އަފްޣާނިސްތާން: އިސްލާމްދީނާ ޚިލާފް ލިޔުންތަކެއް އިންޓަރނެޓުން ޑައުންލޯޑް ކޮށްގެން ގެންގުޅުނު ކަމުގެ ކުށުގައި އަފްޣާނިސްތާނުގެ ނޫސްވެރިޔަކު މެރުމަށް އެޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. ސާޢިދު ޕަރްވީޒް ކަމްބަކްޝް ނަމަކަށް ކިޔާ 23 އަހަރުގެ މިމީހާ އަފްޣާން ފުލުހުން ހައްޔަރުކުރީ |

|
|
|
|
ފާޙިޝްކަންތައްތަކަށް ގޮވާލައި ދީން އޮޅުވާލުމަށް ކުރެވޭ މަސައްކަތާމެދު ސަމާލުވެ ތިއްބެވުމަށް ދިވެހި ރައްޔިތުންނަށް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ގޮވާލައްވައިފި
|
ސ.ހިތަދޫ - 8 ޖެނުއަރީ 2008 (އަންގާރަ) : ފާޙިޝްކަންތައްތަކަށް ގޮވާލައި، އިސްލާމްދީނުގެ ޙުކުމްތައް މީސްތަކުންނަށް އޮޅުވާލުމަށް މިހާރަކަށް އައިސް ވަރަށް ފާޅުގައި ކުރެވެމުންދާ މަސައްކަތާމެދު ސަމާލުވެ ތިއްބެވުމަށް ދިވެހި ރައްޔިތުންނަށް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ގޮވާލައްވައިފިއެވެ. |

|
|
|
|
ޕާކިސްތާނުގެ އިންތިހާބު ފެބްރުއަރީ 18ށް ފަސްކޮށްފި
|
ޕާކިސްތާން- 3 ޖެނުއަރީ 2008 (ބުރާސްފަތި) : ޕާކިސްތާނުގެ އާންމު އިންތިޚާބު ފެބްރުއަރީމަހުގެ 18 ށް ފަސްކުރުމަށް އެޤައުމުގެ އިލެކްޝަންސް ކަމިޝަނުން ނިންމަވައިފިއެވެ. ކުރިން ހަމަޖެހިފައިވާ ތާރީޚަށްވުރެ ހަ ހަފްތާއަށް އިންތިޚާބު ފަސްކޮށްފައިވަނީ ކުރީގެ ބޮޑުވަޒީރެއް ކަމުގައިވާ ޕީޕަލްސް ޕާޓީގެ ޒަޢީމާ ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލުމާ ގުޅިގެންނެވެ. |

|
|
|
|
ދިވެހި ޙައްޖުވެރިން މިނާގައި
|
މިނާ- 17 ޑިސެމްބަރު 2007 (ހޯމަ) : މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހި ރާއްޖެއިން މައްކާއަށް ވަޑައިގެންނެވި ޙައްޖުވެރިން މިއަދު ހެނދުނުގެ ވަގުތެއްގައި މިނާއަށް ވަޑައިގެންފިއެވެ. |

|
|
|
|
މިއަހަރު ޙައްޖަށް ބޭރު ޤައުމުތަކުން 1.6 މިލިއަނަށް ވުރެ ގިނަ މީހުން ސަޢުދީއަށް
|
މައްކާ - 17 ޑިސެމްބަރު 2007 (އާދީއްތަ): 1428ވަނައަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް އިއްޔެ (ޑިސެމްބަރު 15 ) ގެ ނިޔަލަށް ސުޢޫދީ ޢަރަބިއްޔާ އަށް 1.6 މިލިއަނަށް ވުރެ ގިނަމީހުން އެތެރެވެފައި ވާކަމަށް ސުޢޫދީ ޓީވީ އިން މިއަދު ޚަބަރު ދީފިއެވެ. |

|
|
|
|
ދިވެހި ޙައްޖުވެރިން ޙައްޖުގެ އަޅުކަންތައް ފެށުމަށް ތައްޔާރުވަނީ
|
(މަދީނާ) 15 ޑިސެމްބަރު 2007 (ހޮނިހިރު): މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށްޓަކައި މައްކާގައި މިވަގުތު ތިއްބެވި ދިވެހި ޙައްޖުވެރިން، ޙައްޖުގެ އަޅުކަން ފެށުމަށް ތައްޔާރުވަމުން އެބަ ގެންދަވައެވެ. މިގޮތުންމިމަހުގެ މި ޙައްޖުމަހުގެ 8ވަނަ ދުވަހު (ޑިސެމްބަރު 17 ވަނަ ދުވަހު) މިނާއަށް ދިޔުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އެބަ ގެންދަވައެވެ. |

|
|
|
|
ދިވެހި ޙައްޖުވެރިންނަށް އެހީތެރިވުމަށް މަދީނާ ޔުނިވާސިޓީގައި ކިޔަވާ ބޭފުޅުން މައްކާއަށް
|
(މަދީނާ) 13 ޑިސެމްބަރު 2007 (ބުރާސްފަތި): ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް މިއަހަރު މައްކާއަށް ވަޑައިގެންނެވި ދިވެހި ޙައްޖުވެރިންނަށް އެހީތެރިވެވަޑައިގެންނެވުމަށް މަދީނާގެ އިސްލާމިކް ޔުނިވާސިޓީގައި ކިޔަވާ ދިވެހި ކިޔަވާ ކުދިންގެ ތެރެއިން 8 ބޭފުޅަކު ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މައްކާއަށް ވަޑައިގަންނަވައިފިއެވެ. |

|
|
|
|
މިބައިގައި ހިމެނޭ ލިޔުންތަކުގެ ޢަދަދު: 15 [1] 2 ކުރިއަށް |