##siteName##

އިޒްރާއީލުން މުސްލިމުންނާ ދެކޮޅަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ޖަމްއިއްޔާއަކުން ޖަލްސާއެއް ބާއްވައިފި

Category »  ޚަބަރު
Sunday, January 18, 2009

 

 

 

17 ޖެނުއަރީ 2009 ( ޖަޒީރާ ޑެއިލީ):

އިޒްރާއީލުން މުސްލިމުންނާ ދެކޮޅަށް ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ދީނީ ޖަމްއިއްޔާއެއް ކަމަށްވާ ޖަމްއިއްޔަތުއް ސަލަފުން ރޭ ޖަލްސާއެއް ބާއްވައިފިއެވެ.

ފިރިހެނުންނަށް ޚާއްޞަކޮށްގެން ރޭ ދަރުބާރުގޭ ފާށަނާ މާލަމްގައި ”އުދާސްމިނަމުގައި ބޭއްވި މިޖަލްސާގައި ދީނީ ތައުލީމުގެ ރޮނގުން ފުންނާބުއުސް ތިން ޝެއިޚަކު ވަނީ ވަރަށް އަސަރާއެކު ތަޤްރީރު ކުރައްވާފައެވެ.

އެއީ އައްޝެއިޚް މުޙައްމަދު ނަޝީދު އާދަމްއާއި އައްޝެއިޚް ޢަލީ ޒާހިރު ބުނި ސައިދު ޤާސިމް އަދި އައްޝެއިޚް އާދަމް ޝަމީމް ބުނި އިބްރާހީމެވެ.

ޝެއިޚުންގެ ތަޤްރީރުގައި ފަލަސްތީނާ އިޒްރޭލުގެ ތާރީޚާ މިއަދު މުސްލިމުންގެ ހާލަތާއި, ޔަހޫދީންގެ ނުބައިކަމާއި މުސްލިމުން މިހާލަތަށް ވެއްޓުނު ސަބަބުތަކައި ކުރިއަށް އޮތްތަނުގައިވެސް މުސްލިމުން ކަންކުރަންވީ ގޮތުގެ މައްޗަށް ވަރަށް ތަފްސީލީ ނަޒަރަކުން ބައްލަވާލެއްވިއެވެ. އަދި މާތް ރަސޫލާގެ ދުވަސްވަރުގައި ޔަހޫދީން ކަންކުރިގޮތާއި މުސްލިމުންގެ މިފަދަ ޙާލަތްތަކާބެހޭގޮތުން ކީރިތި ޤުރުއާނާއި ރަސޫލާގެ ޙަދީޘްފުޅުތަކުން ދަލީލުތައް ނަނގަވާ އިބްރަތް ހާސިލްކުރުމުގެ ދަރުސްތައް ވިދާޅުވެދެއްވިއެވެ.

މީގެ އިތުރުން ހަޤީގީ މުސްލިމުން ބަލިވެގެން ނުދާނެކަމަށާއި ދުނިޔެ ނިމި ޤިޔާމަތްވެގެން ދާނީ މުސްލިމުންނަށް ފަތަހަލިބި ކާފަރުން ބަލިވެގެންކަމަށް ﷲ ވައުދުވެވޮޑިގެންފައިވާކަމަށާއި އެކަމުގެ ސަބަބުން މުސްލިމުން ކަރު އެލުވާލަން ނުޖެހޭނެކަމަށް ވިދާޅުވިއެވެ.

ޝެއިޚުންގެ ވާހަކައިގައި މިއަދުން މިއަދަށްވެސް މުސްލިމުން އެކަތިގަނޑަކަށްވެ ހަޤީގީ މުސްލިމުންގެ ގޮތުގައި އުޅެން ފެށުމަށް ގޮވާލެއްވިއެވެ.

މާލަމް ފުރޭވަރަށް މީހުން ހާޒިރުވި މިޖަލްސާގައި އަދާލަތު ޕާޓީން އިސްނަގައިގެން، ފަލަސްތީނަށް އެހީވުމަށް ޤާއިމްކޮށްފައިވާ ފަންޑުފޮށި ބެހެއްޓިފައި ހުއްޓެވެ. ރޭވެސް ގިނައަދަދެއްގެ ބަޔަކު މިފޮއްޓަށް ފައިސާ ހަދިޔާކޮށްފައިވެސް ވެއެވެ.

މިއީ ރާއްޖޭގެ ދީނީ ޖަމްއިއްޔާއަކުން މިމައްސަލައިގައި ބޭއްވި ފުރަތަމަ ޖަލްސާއެވެ.

މީގެ ކުރިން ޢަދާލަތު ޕާޓީއިން އިސްނަގައިގެން ރާއްޖޭގެ ވަރަށް ގިނަ މުއައްސަސާތަކާ ގުޅިގެން ފަލަސްޠީނުގެ ރައްޔިތުންނަށް ތާއީދުކޮށް ސުލްހަވެރި އެއްވުމެއް ވަނީ ބާއްވާފައެވެ. މިއެއްވުމުގައި ގިނަ ޢަދަދެއްގެ މީހުން ބައިވެރިވެފައިވެއެވެ.

 -

 

ތިޔަބޭފުޅުންގެ ޝުޢޫރުތައް
މިފޯމު މެދުވެރިކޮށް ފޮނުއްވާ!

 
 
 

އަލްމަސްޖިދުލްއަޤްޞާއާއި އިސްރާއާއި މިޢްރާޖުގެ ބިމުގައި ކުރެވޭ ޖިހާދުގައި ބައިވެރިވުމަށް ގޮވާލަން

 

އުންމަތުގެ ޢިއްޒަތާއި ކަރާމަތް ދިޔައީ ޙަޤީޤަތުގައި ވެސް ޖިހާދު ދޫކޮށްލުމުންނެވެ.

 

ފަލަސްޠީނުގެ ޣައްޒާގެ އަހުލުވެރިންނަށް ކުރިމަތިވެފައިވާ މުސީބާތުން އެމީހުން ސަލާމަތް ކޮށްދެއްވުން އެދި ޤުނޫތު ނާޒިލާ ކިޔުމަށް އިސްލާމީ އުއްމަތަށް ފަލަސްޠީނުގެ ޢިލްމުވެރިން ގޮވާލައްވައިފި

 
 

Latest News from Palestine

 

1 hits since Jan 17,2009