##siteName##

ޚަބަރު » އިޒްރޭލުން ހަނގުރާމަ މެދުކަނޑާލުމުން ހަމާސްއިންވެސް ހަމަލާ ބަދަލުކުރުން ހުއްޓާލައިފި
Posted By Administrator on Monday, January 19, 2009

19 ޖެނުއަރީ 2009 (ހަވީރު ނޫސް): ޖުމްލަ 22 ދުވަސް ވަންދެން ގާޒާއަށް ވަރުގަދައަށް ހަމަލާ ދިނުމަށްފަހު އެއްވެސް ޝަރުޠަކާ ނުލައި އިޒްރޭލުން ހަމަލާ ބަދަލުކުރުން ހުއްޓާލުމުން ޙަމާސް ޖަމާޢަތުންވެސް ހަފްތާއެއް ވަންދެން ހަމަލާ ބަދަލުކުރުން ހުއްޓާލައިފިއެވެ.



ޚަބަރު » އިޒްރާއީލުން މުސްލިމުންނާ ދެކޮޅަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ޖަމްއިއްޔާއަކުން ޖަލްސާއެއް ބާއްވައިފި
Posted By Administrator on Sunday, January 18, 2009

17 ޖެނުއަރީ 2009 ( ޖަޒީރާ ޑެއިލީ): އިޒްރާއީލުން މުސްލިމުންނާ ދެކޮޅަށް ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ދީނީ ޖަމްއިއްޔާއެއް ކަމަށްވާ ޖަމްއިއްޔަތުއް ސަލަފުން ރޭ ޖަލްސާއެއް ބާއްވައިފިއެވެ.



ޚަބަރު » ޣައްޒާ އާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާލަން އުޅޭކަމުގެ އިޝާރާތެއް އިޒްރޭލުން ދީފި
Posted By Administrator on Saturday, January 17, 2009

ގާޒާ (17 ޖެނުއަރީ) ހަވީރުނޫސް ::::::: މިދިޔަ މަހުގެ 27 ވަނަ ދުވަހު އިޒްރޭލުން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓާލަން އުޅޭކަމުގެ އިޝާރާތެއް އިޒްރޭލުން ދީފިއެވެ.



ޚަބަރު » އިޒްރޭލުން ދިން ހަމަލާއެއްގައި ހަމާސްގެ އިންޓީރިއަރ މިނިސްޓަރު އަވަހާރަވެއްޖެ
Posted By Administrator on Saturday, January 17, 2009

އިޒްރޭލުން ދިން ހަމަލާއެއްގައި ހަމާސްގެ އިންޓީރިއަރ މިނިސްޓަރ ސައީދް ސިޔާމް އަވަހާރަވެއްޖެކަމަށް ހަމާސް ޓީވީން ހާމަކޮށްފިއެވެ.



ޚަބަރު » އިޒްރޭލުގެ ޢުދުވާންގައި މަރުވި މީހުންގެ ޢަދަދު 1000 އަށްވުރެ މަތިވެއްޖެ
Posted By Administrator on Friday, January 16, 2009

އިޒްރޭލުގެ ރަހްމްކުޑަ ޢުދުވާންގައި މިހާތަނަށް ޣައްޒާގެ 1010 މީހުންމަރުވެ 4500 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާކަމަށާ މީގެ ތެރެއިން ދެބައިކުޅައެއްބަޔަކީ އަންހެނުންނާ ކުޑަކުދިންކަމުގައި ޣައްޒާގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.



ޚަބަރު » އިޒްރޭލު ސިފައިން ޣައްޒާ ސިޓީގެ ބައިބޯ އާބާދީގެ ތެރެއަށް ވަދެފި
Posted By Administrator on Friday, January 16, 2009

އިޒްރޭލުގެ ސިފައިން ޣައްޒާ ސިޓީގެ ބައިބޯ އާބާދީގެ ތެރެއަށް ވަންނަމުންއެބަދެއެވެ. ޙަމާސްގެ ހަނގުރާމަވެރިން ފިލާތިބިކަމަށް ބުނާ ހިސާބުތަކަށް އިޒްރޭލުގެ ސިފައިވަދެ މީހުންމަރާ ގެތައްތަޅާ ލޫޓުވާ ހަދަމުންދާކަމަށް ޚަބަރުލިބެއެވެ.



Page Number :  

-

 

ތިޔަބޭފުޅުންގެ ޝުޢޫރުތައް
މިފޯމު މެދުވެރިކޮށް ފޮނުއްވާ!

 
 
 

އަލްމަސްޖިދުލްއަޤްޞާއާއި އިސްރާއާއި މިޢްރާޖުގެ ބިމުގައި ކުރެވޭ ޖިހާދުގައި ބައިވެރިވުމަށް ގޮވާލަން

 

އުންމަތުގެ ޢިއްޒަތާއި ކަރާމަތް ދިޔައީ ޙަޤީޤަތުގައި ވެސް ޖިހާދު ދޫކޮށްލުމުންނެވެ.

 

ފަލަސްޠީނުގެ ޣައްޒާގެ އަހުލުވެރިންނަށް ކުރިމަތިވެފައިވާ މުސީބާތުން އެމީހުން ސަލާމަތް ކޮށްދެއްވުން އެދި ޤުނޫތު ނާޒިލާ ކިޔުމަށް އިސްލާމީ އުއްމަތަށް ފަލަސްޠީނުގެ ޢިލްމުވެރިން ގޮވާލައްވައިފި

 
 

Latest News from Palestine

 

1 hits since Jan 17,2009