ކައުއިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައި ވެއެވެ. " ނަރަކަވެރިންގެ ދެޖަމާޢަތެއް ވެއެވެ. އޭގެ ތެރެއިން އެއްބަޔަކީ ހެދުންލައިގެން އޮރިޔާމުން އުޅޭ އަންހެނުންނެވެ. ތިމަންމެންގެ ހިތް އަނެކުންނަށް ދެމުން އަނެކުންގެ ހިތް އަތުލަމުން ފާޑުފާޑަށް ބޮލުގެ އިސްތަށުގަނޑު ގަތައިގެން ހެދިލައިގެން ދާނެއެވެ. މިކަނބަލުންނަށް ސުވަރުގެ ނުދެވޭހުއްޓެވެ. އަދި ސުވަރުގޭގެ ވަސްޖެހޭ ހިސާބަށް ވެސް ކުއްތަންނުވެވޭ ހުއްޓެވެ. އެތާނގެ ވަހަކީ އެތަކެއް މޭލުކޮޅަށް ފެތުރިފައިވާ ވަހެކެވެ." މާތް ﷲ އަޅުގަނޑުމެން އެންމެން މިފަދަ ސުންޕާ ފާފަތަކުން ސަލާމަތް ކުރައްވާށިއެވެ. އާމީން.
|